އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ކައުންސިލަށް ޤާނޫނީ ލަފާ އަދި ލީގަލް ކޮންސަލްޓެންސީ ހޯދުމަށް ރިޓޭއިނާ ބޭސިސް އަށް މަސައްކަތް ކުރާނެ ފަރާތެއް ހޯދުން

4 އޯގަސްޓް 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީ ކައުންސިލަށް ޤާނޫނީ ލަފާ އަދި ލީގަލް ކޮންސަލްޓެންސީ ހޯދުމަށް ރިޓޭއިނާ ބޭސިސް އަށް މަސައްކަތް ކުރާނެ ފަރާތެއް ހޯދުން

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ ހުސައިން ޒަރީރު

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، އައްޑޫސިޓީ ކައުންސިލްގެ ލީގަލް މަސައްކަތްތައް އިތުރުވެފައިވުމާއި އެކު ނިންމަންޖެހޭ ޤާނޫނީ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށާއި، ޝަރީއަތުގައި ކުރިއަށްދާ މައްސަލަތަކާއި އަދި އެ މައްސަލަތައް ދިރާސާ ކުރުމަށާއި، ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމުގައި އައްޑޫސިޓީ ކައުންސިލަށް ޤާނޫނީ ލަފާ އަދި ލީގަލް ކޮންސަލްޓެންސީ ހޯދުމަށް ރިޓޭއިނާ އުޞޫލުން 03 މަސް ދުވަހާއި 06 މަސްދުވަހާއި ދޭތެރޭގައި މި މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އިއުލާންކުރުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ލީގަލް ކޮންސަލްޓެންސީ ހޯދުމަށް ރިޓޭއިނާ އުޞޫލުން މަސައްކަތް ކުރާނެ ފަރާތުގެ ޝަރުތު:

  1. ބާ ކައުންސިލްގެ ހުއްދަ ލިބިފައިވާ ވަކީލުން ހިމެނޭ ލޯފާމެއް ނުވަތަ ޤާނޫނީ ވަކީލެއް ކަމުގައިވުން
  2. ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގައި ވަކާލާތުކުރުމުގެ ހުއްދަ އޮތް ފަރާތެއް ކަމުގައިވުން
  3. ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުމުގެ 03 އަހަރުގެ ތަޖުރިބާ ލިބިފައިވުން

 ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު އަދާލާ ރަޝީދު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ހުސައިން ޒަރީރު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 01 ވޯޓް

ފެންނަކަމަށް: 11 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/055

ތާރީޚް: 4 އޯގަސްޓް 2021