އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީން ނިންމެވި ނިންމުންތަކާއި މެދު ކައުންސިލުން ގޮތެއް ނިންމުން

4 އޯގަސްޓް 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ 02 ވަނަ ބައްދަލުވުމަށް ހުށަހެޅުނު މައްސަލަތަކާއި ގުޅިގެން ނިންމެވި ނިންމުންތަކާއި މެދު ކައުންސިލުން ގޮތެއް ނިންމަދައިދެއްވުމަށް

މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ 02 ވަނަ ބައްދަލުވުމަށް ހުށަހެޅުނު ތިރީގައިވާ މައްސަލަތަކާއި ގުޅިގެން ކޮމިޓީ އިން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފާސްކުރުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާގުން މި ހުށަހެޅުން ފާސްކުރެވުނެވެ. 

  1.  އަމިއްލަ ފަރުދުންނާއި އަމިއްލަ ކުންފުނިތަކަށް ދޫކޮށްފައިވާ ކުލީ ބިންތަކުގެ މުއްދަތު އިތުރުކުރުމާއި ކުލި ރިވިއުކުރުން:
  • އައްޑޫސިޓީ ކައުންސިލްގެ އިދާރާ އާއި ފޭދޫ ގާވިޔާ ޒަކަރިއްޔާ ޙުސައިން އާއި ދެމެދު ވެވިފައިވާ ނަންބަރ 2009/S4/05 އެއްބަސްވުމުން ދޫކޮށްފައިވާ ކުލީ ބިމުގެ މުއްދަތު އިތުރުކުރުމުގެ މައްސަލަ
  • އައްޑޫސިޓީ ކައުންސިލްގެ އިދާރާ އާއި އެވަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު/ ސ.މަރަދޫ ބްލޫވިއު އިބްރާޙިމް ނަސީމް އާއި ދެމެދު ވެވިފައިވާ ނަންބަރ 426-PD/2013/04 އެއްބަސްވުމުން ދޫކޮށްފައިވާ ކުލީ ބިމުގެ މުއްދަތު އިތުރުކުރުމުގެ މައްސަލަ
  • އައްޑޫސިޓީ ކައުންސިލްގެ އިދާރާ އާއި މަރަދޫ ބަހާރުގެ އާއި ދެމެދު ވެވިފައިވާ ނަންބަރ 426-PD/S3/2012/54 އެއްބަސްވުމުން ދޫކޮށްފައިވާ ކުލީ ބިމުގެ މުއްދަތު އިތުރުކުރުމުގެ މައްސަލަ
  • އައްޑޫސިޓީ ކައުންސިލްގެ އިދާރާ އާއި ހިތަދޫ ތޯތާޕަރީގެ މުޙައްމަދު އަޙްމަދު އާއި ދެމެދު ވެވިފައިވާ ނަންބަރ 426-PD/S2/2014/03 އެއްބަސްވުމުން ދޫކޮށްފައިވާ ކުލީ ބިމުގެ މުއްދަތު އިތުރުކުރުމުގެ މައްސަލަ
  • އައްޑޫސިޓީ ކައުންސިލްގެ އިދާރާ އާއި ހިތަދޫ ފްރެސްކޯ މުޙައްމަދު ވަޙީދު ޙުސައިން އާއި ދެމެދު ވެވިފައިވާ ނަންބަރ 426-EA/S2/2014/30 އެއްބަސްވުމުން ދޫކޮށްފައިވާ ކުލީ ބިމުގެ މުއްދަތު އިތުރުކުރުމުގެ މައްސަލަ
  • އައްޑޫސިޓީ ކައުންސިލްގެ އިދާރާ އާއި  ސ.ފޭދޫ ފަހާގެ އަޙްމަދު ސަޢީދު އާއި ދެމެދު ވެވިފައިވާ ނަންބަރ 2010/S4/55 އަދި ނަންބަރ 426-PD/2013/45 އެއްބަސްވުމުން ދޫކޮށްފައިވާ ކުލީ ބިމުގެ މުއްދަތު އިތުރުކުރުމުގެ މައްސަލަ
  • އައްޑޫސިޓީ ކައުންސިލްގެ އިދާރާ އާއި ސިޓީ ފިއުލް ސަޕްލައި ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެވިފައިވާ ނަންބަރ (AGR)426-EA/PRIV/2015/4 އެއްބަސްވުމާއި ނަންބަރ (AGR)138-LDS4/INDIV/2018/787 އެއްބަސްވުމުގެ ދަށުން ދޫކުރެވިފައިވާ 02 ކުލީ ބިމުގެ މުއްދަތު އިތުރުކުރުމުގެ މައްސަލަ
  1.  ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޫކޮށްފައިވާ ކުލީ ބިންތަކުގެ މުއްދަތު ކަނޑައެޅުމާއި ކުލި ރިވިއުކުރުން
  • ބޭންކް އޮފް މޯލްޑިވްސް މަރަދޫފޭދޫ ބްރާންޗް ހިންގުމަށް މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓުގެ ނަންބަރ 2004/S-5/39 އެއްބަސްވުމުން ދޫކޮށްފައިވާ ކުލީ ބިމުގެ މުއްދަތު އިތުރުކުރުން
  • ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުމުގެ ގޮތުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަންއިން ހިންގާ މަޝްރޫޢުގެ ތެރެއިން އައްޑޫ ސިޓީގައި ޕެކޭޖިންގ ފެސިލިޓީއެއް ޤާއިމުކޮށް ޙިދުމަތް ދިނުމަށްޓަކައި ކައުންސިލުން ހަމަޖެއްސެވި ބިން ދޫކުރާނެ މުއްދަތު ކަނޑައެޅުމުގެ މައްސަލަ
  • މުވާސަލާތީ ޙިދުމަތް ފުރިހަމަގޮތުގައި އައްޑޫސިޓީ އަށް ފޯރުކޮށްދިނުމަށްޓަކައި ޓަވަރެއް ޖެހުމަށްޓަކައި ކައުންސިލުން ހަމަޖެއްސެވި ބިން ދޫކުރާނެ މުއްދަތު ކަނޑައެޅުމުގެ މައްސަލަ
  1.  ވެއަރ ހައުސް އެޅުމަށް ބިންދޫކުރުމަށް ކުރެވުނު އިޢުލާނުގެ ދަށުން ބިން އެވޯޑު ކުރުމަށް ކުރީގެ ކައުންސިލުން ނިންމަވާފައިވާ ފަރާތްތަކާއި ބިން ހަވާލުކޮށް އެއްބަސްވުން އެކުލަވާލުމާއިމެދު ގޮތެއް ނިންމުން

 ތާއީދު ކުރެއްވި: ކައުންސިލަރ، ހުސައިން ފައިޒުރަޙްމާން

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އިބްރާޙިމް ޝިނާޒު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 12 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/056

ތާރީޚް: 4 އޯގަސްޓް 2021