އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫއިން ދިރިއުޅުމަށް ބިން ދޫކުރުމާއި ގުޅޭގޮތުން ކައުންސިލުން ގޮތެއް ނިންމުން

4 އޯގަސްޓް 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ހިތަދޫއިން ދިރިއުޅުމަށް ބިން ދޫކުރުމާއި ގުޅޭގޮތުން ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް: ޢުމްރާނީ ތަރައްޤީއާއި ބޯހިޔާވަހިކަމުގެ ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ހިތަދޫއިން ދިރިއުޅުމަށް ބިން ދޫކުރުމާއި ގުޅޭގޮތުން ޢުމްރާނީ ތަރައްޤީއާއި ބޯހިޔާވަހިކަމުގެ ކޮމިޓީ އިން ނިންމާފައިވާގޮތަށް އައްޑޫ ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަސައްކަތް މިހާރުކުރަމުންދާތީ ގޯތި ދޫކުރުން މިވަގުތަށް މަޑުޖައްސާލުމަށާއި ލޭންޑް ޔޫސް ޕްލޭން ނިމުމުން ޕްލޭނާއި އެއްގޮތަށް ކުރިއަށްގެން ދިއުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ. 

 ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާޙިމް ޝިނާޒު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ހުސައިން ފައިޒުރަޙްމާން

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 04 ވޯޓް.

ފެންނަކަމަށް: 08 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/057

ތާރީޚް: 4 އޯގަސްޓް 2021