އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އޮފީސް އިމާރާތެއް އެޅުމަށް ބިމެއް ހޯދުމަށް އެޗް.އާރް.ސީ.އެމް އިން ހުޅަހަޅާފައިވާ މައްސަލަ

4 އޯގަސްޓް 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އޮފީސް އިމާރާތެއް އެޅުމަށް ބިމެއް ހޯދުމަށް އެޗް.އާރް.ސީ.އެމް އިން ހުޅަހަޅާފައިވާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްގެ ސަދަން ރީޖަނަލް އޮފީސް ހިންގުމަށް އެފަރާތުން އެދިފައިވާ މައްސަލާގައި މަރަދޫފޭދޫ އިން 50*50 އަކަފޫޓުގެ ބިމެއް ހަމަޖެއްސުމަށާއި ބިން ހަމަޖައްސަވާއިރު "އައްޑޫސިޓީގެ ކުލީ ބިންތަކުގެ ކުލި ކަނޑައެޅުމާއި ކުލި ރިވިއު ކުރުމާއި ގުޅޭ އުޞޫލް" އާއި އެއްގޮތަށް ކުލި ނެގޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ. 

 ތާއީދު ކުރެއްވި: ކައުންސިލަރ، ހުސައިން ފައިޒުރަޙްމާން

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޚާލިދާ މުޙައްމަދު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 02   

ނުފެންނަކަމަށް: 02 ވޯޓް.

ފެންނަކަމަށް: 08 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/058

ތާރީޚް: 4 އޯގަސްޓް 2021