އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީގައި ޓުއަރިޒަމް ކުރިއެރުވުމަށް ހާއްސަ ސަމާލުކަމެއް ދިނުމުގެ ގޮތުން ސިޓީ ކައުންސިލް އިދާރާގައި ވަކި ޔުނިޓެއް ޤާއިމުކުރުން

4 އޯގަސްޓް 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީގައި ޓުއަރިޒަމް ކުރިއެރުވުމަށް ހާއްސަ ސަމާލުކަމެއް ދިނުމުގެ ގޮތުން ސިޓީ ކައުންސިލް އިދާރާގައި ވަކި ޔުނިޓެއް ޤާއިމުކުރުން

މައްސަލަ ހުށަހެޅި ފަރާތް: ޑެޕިއުޓީ މޭޔަރ މުހައްމަދު ޝުޢާއު

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، އައްޑޫސިޓީގައި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ތިރީގައި ބަޔާންކުރެވިފައިވާ މަސައްކަތްތައް ކުރުމަށް އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ޓޫރިޒަމް ޑެސްކެއް ޤާއިމު ކުރުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ. 

 

ޓޫރިޒަމް ޑެސްކްގެ މައިގަނޑު މަސައްކަތްތައް:

  • މިނިސްޓްރީ އޮފް ޓުއަރިޒަމްގައި ރެޖިސްޓަރކޮށްގެން އައްޑޫގައި ހިންގާ ޓުއަރިސްޓް އެނދުތަކުގެ މައުލޫމާތު ވަކި ތަރުތީބަކުން އެއްކޮށް، ކަނޑައެޅޭ ގޮތެއްގެ މަތީން ޝާއިއު ކުރުން
  • އައްޑޫއަށް ޒިޔާރަތް ކުރާ ރާއްޖޭގެ މެހެމާނުންނަށް ޚާއްސަ ކުރެވިގެން ހިންގޭ ތަންތަނުގެ މައުލޫމާތު ވަކި ތަރުތީބަކުން އެއްކޮށް، ޝާއިއު ކުރަމުން ގެނދިއުން.
  • އައްޑޫގައި ޤާއިމު ކުރެވިފައިހުރި ފަތުރުވެރިކަމާއި ގުޅުންހުރި ތަންތަނުގެ މައުލޫމާތު އެއްކޮށް، ޝާއިއު ކުރަމުން ގެންދިއުން.
  • އައްޑޫ ސިޓީގެ ފަތުރުވެރިކަމާއި ގުޅޭ ގޮތުން ކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން ކުރަންޖެހޭ އެއްމެހައި ކަންކަން ވިލަރެސްކޮށް، ކުރުވުން
  • ޓުއަރިޒަމް އިޝްތިހާރުކުރުމަށް ސަރުކާރުން ހިންގާ އެކިއެކި ހަރަކާތްތަކުގައި އައްޑޫގެ ބައިވެރިވުން ބޭއްވުމަށް ކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރުން.
  • އައްޑޫގައި 8000 ޓުއަރިޒަމް އެނދު ތަރައްޤީކުރުމަށް ހިންގޭ ބޮޑު ޕްރޮޖެކްޓް އާއި ގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ވިލަރެސްކޮށް، ހިންގުމާއި، ކަމާއި ގުޅުން ހުރި އެއްމެހައި މަސައްކަތެއް ކުރުން
  • އައްޑޫސިޓީ ޓުއަރިޒަމް ޑެސްޓިނޭޝަންގ އެއްގެ ގޮތުގައި މާކެޓް ކުރުމަށް ކުރާންޖެހޭ މަސައްކަތްތައް ކުރުން
  • އައްޑޫގެ ޓުއަރިޒަމް އާއި ގުޅުން ހުރިހައި މައުލޫމާތުތަކެއް އެއްތަނަކުން އޮންލައިންކޮށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުން
  • އައްޑޫ ޓުއަރިޒަމް ޒޯނުތަކުން ބިންތައް ނަގާފައިވާ ފަރާތްތަކުން މަސައްކަތް ކުރިއަށް ގެންދާ ގޮތް ބަލައި، އެމަސައްކަތްތަށް ކާމިޔާބުކަމާއި އެކީ ނިންމުމަށް ކުރެވެންހުރި މަސައްކަތްތަށް ކުރުން
  • އައްޑޫގެ ޓުއަރިޒަމް ޒޯނުތަކުން ބިންތައް ނަގާފައިވާ ފަރާތްތަކާއި ގުޅިގެން، އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ކައުންސިލްއާއި ސަރުކާރުން ހޯދައި ދިނުން
  • ސަރުކާރުގެ އެކި އިދާރާތަކާއި، ފައިނޭންޝަލް އިންސްޓިޓިއުޝަން ތަކުން ޓުއަރިޒަމް އާއި ގުޅުން ހުރި ދާއިރާތަކަށް ދޫކުރާ މާލީ އެހީތެރިކަންކަމަކީ ކޮބައިތޯ ބަލައި، އެމައުލޫމާތު ބޭނުންވާ ފަރާތްތަކަށް ފޯރުކޮށް ދެވޭނެ އިންތިޒާމް ހަމަޖެއްސުން
  • ހޯމް ސްޓޭއި އަދި ގެސްޓްހައުސް ފަދަ މިނިސްޓްރީ އޮފް ޓުއަރިޒަމްގައި ރަޖިސްޓަރީ ކުރަންޖެހޭ ތަންތަން ރަޖިސްޓަރީ ކުރުމުގައި އެފަރާތްތަކަށް ބޭނުންވާ ފުރިހަމަ މައުލޫމާތާއި އެހީތެރިކަން ދިނުން.
  • މިސިޓީގެ ފަތުރުވެރިކަން ފުޅާ ކުރުމުގެ މިމަސައްކަތަށް އެހީތެރިކަންދެވޭނެ ފަރާތްތަކުގެ މައުލޫމާތު ހޯދައި، އެފަރާތްތަކާއި ގުޅިގެން ކުރަންޖެހޭ އެއްމެހައި ކަންކަން ކުރުން
  • މީގެ އިތުރުންވެސް ފަތުރުވެރިކަމުގެ ދާއިރާއިން އައްޑޫ ސިޓީގައި ކުރެވޭ އެއްމެހައި ކަންކަން ބެލެހެއްޓުން.
  • މި ޑެސްކްގެ މަސައްކަތްތަށް ކައުންސިލްގެ ޓޫރިޒަމް ކޮމިޓީގެ ބެލުމުގެ ދަށުން ހިންގުން

 ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު އަދާލާ ރަޝީދު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އަހްމަދު ސަޢީދު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 05 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 11 ވޯޓް




ބާވަތް: ނިންމުން

ދައުރު: ފުރަތަމަ ދައުރު

ނަންބަރ: 426-B (4)/2021/060

ތާރީޚް: 4 އޯގަސްޓް 2021