އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ފޯސައިޓް ސާރވޭޔާސް ޕްރައިވެޓް ލިމިޓެޑާއި އެކު ވެވޭ އެގްރީމަންޓްގައި ސޮއިކުރުމާއި މެދު ކައުންސިލް އިން ގޮތެއް ނިންމުމަށް

18 އޯގަސްޓް 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ފޯސައިޓް ސާރވޭޔާސް ޕްރައިވެޓް ލިމިޓެޑާއި އެކު ވެވޭ އެގްރީމަންޓްގައި ސޮއިކުރުމާއި މެދު ކައުންސިލް އިން ގޮތެއް ނިންމުމަށް

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތްކުރުމަށްފަހު، އައްޑޫސިޓީގެ ތަރައްޤީގެ މަޝްރޫޢުތަކަށް ގްލޯބަލް ނެވިގޭޝަން ސެޓަލައިޓް ސިސްޓަމް (ޖީ.އެން.އެސް.އެސް) ބޭނުންކޮށްގެން ކުރެވޭ ސާރވޭތަކުގެ ރިފަރެންސް (ބޭސް) ސްޓޭޝަނެއްގެ ގޮތުގައި ބޭނުންކުރުމަށް ޖީ.އެން.އެސް.އެސް ކޯރސް ސްޓޭޝަނެއް ކައުންސިލް އިދާރާގެ ގޯތިތެރޭގައި ޖެހުމަށްޓަކައި ފޯސައިޓް ސާރވޭޔާސް ޕްރައިވެޓް ލިމިޓެޑާއި ކައުންސިލް އިދާރާ އާއި ދެމެދު ވެވޭ އެއްބަސްވުމުގައި ސޮއިކުރުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާގުން މި ހުށަހެޅުން ފާސްކުރެވުނެވެ. 

 ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު ސަލްމާ

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އިބްރާޙިމް ޝިނާޒު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 12 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/066

ތާރީޚް: 18 އޯގަސްޓް 2021