އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫ އަދި މީދޫ އިން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަކާއިމެދު ގޮތެއް ނިންމުމަށް

18 އޯގަސްޓް 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ހުޅުދޫ އަދި މީދޫ އިން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަކާއިމެދު ގޮތެއް ނިންމުމަށް

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތްކުރުމަށްފަހު، ހުޅުދޫ އަދި މީދޫ އިން  (ކޮންމެ އަވަށަކުން) 50 ގޯތި ދޫކުރުމަށް 25 ޖުލައި 2019 ގައި ކުރެވުނު އިޢުލާނުގައިވާ ބައެއް މަޢުލޫމާތުތަކާއި އަދި ފޯމް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށް 29 އޮގަސްޓް 2019 ގައި ކުރެވުނު އިޢުލާން ބާތިލްކޮށް، ގޯއްޗަށް އެދޭ ފަރާތްތަކަށް ޕޮއިންޓް ދިނުމުގެ އުޞޫލް އިސްލާޙުކޮށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ފާސް ކުރުމަށްފަހު ހުޅުދޫ އަދި މީދޫ (ކޮންމެ އަވަށަކުން) އިން ދެހާސް އަކަފޫޓުގެ 100 ގޯތި ދޫކުރުމަށް އިއުލާންކުރުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާގުން މި ހުށަހެޅުން ފާސްކުރެވުނެވެ. 

 

 ތާއީދު ކުރެއްވި: ކައުންސިލަރ، ހުސައިން ފައިޒުރަޙްމާން

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އަޙްމަދު ސަޢީދު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 11 ވޯޓް

ވޯޓުގައި ބައިވެރިވި: 11 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/067

ތާރީޚް: 18 އޯގަސްޓް 2021