އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ހުޅަނގުން މިސްކިތެއް އެޅުމަށް ބިމެއް ހަމަޖައްސަވައި ދެއްވުމަށް އެދި ހުށަހަޅާ މައްސަލަ

18 އޯގަސްޓް 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ހިތަދޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ހުޅަނގުން މިސްކިތެއް އެޅުމަށް ބިމެއް ހަމަޖައްސަވައި ދެއްވުމަށް އެދި ހުށަހަޅާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތްކުރުމަށްފަހު، ހިތަދޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ހުޅަނގުން މިސްކިތެއް އެޅުމަށް ބިމެއް ހަމަޖައްސަވައި ދެއްވުމަށް އެދި ސ.ހިތަދޫ ގުލްބަކާގެ އަޙްމަދު އަލީ ހުށަހެޅި މައްސަލާގައި މިސްކިތެއް އަޅަން އެހެން ބިމެއް ހަމަޖެއްސުމުގެ ބަދަލުގައި ހިތަދޫ މަސްޖިދުއްތަޢާވުނު މިސްކިތުގެ ބަދަލުގައި ޒަމާނީ ފެންވަރަށް، އާ މިސްކިތެއް އިމާރާތްކުރެވިއްޖެނަމަ ހިތަދޫ ބަނދަރުގެ މަލަމަތި އިތުރަށް ފުރިހަމަވެގެންދާނެ ކަމަށްފެންނާތީ މި ދެންނެވި ސަރަހައްދުން ސ.ހިތަދޫ ގުލްބަކާގެ އަޙްމަދު އަލީ އަށް ޒަމާނީ ފެންވަރުގެ މިސްކިތެއް އެޅޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާގުން މި ހުށަހެޅުން ފާސްކުރެވުނެވެ. 

 ތާއީދު ކުރެއްވި: ކައުންސިލަރ، ޚާލިދާ މުޙައްމަދު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އިބްރާހިމް ޝިނާޒު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 12 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/068

ތާރީޚް: 18 އޯގަސްޓް 2021