އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ޓޮޕޮގްރަފިކް ސާރވޭ ހެދުމުގެ އެއްބަސްވުމުގެ މުއްދަތު އިރުތުކުރުމުގެ މަސައްކަތް

25 އޯގަސްޓް 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ ޓޮޕޮގްރަފިކް ސާރވޭ ހެދުމުގެ އެއްބަސްވުމުގެ މުއްދަތު އިރުތުކުރުމުގެ މަސައްކަތް

މައްސަލަ ހުށަހެޅި ފަރާތް: ބިޑްކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތްކުރުމަށްފަހު،ބިޑް ކޮމިޓީ އިން ނިންމާފައިވާގޮތަށް އައްޑޫ ޓޮޕޮގްރަފިކް ސާރވޭ ހެދުމުގެ އެއްބަސްވުމުގެ މުއްދަތު އިރުތުކުރުމުގެ މަސައްކަތަށް ކުރުމަށް ހަވާލުކުރެވިފައިވާ ފޯސައިޓް ސަރވެޔަރސް އާއި އެކު ވެވިފައިވާ އެއްބަސްވުމުގެ 05 ވަނަ މާއްދާގެ (ބ) އަށް ރިޢާޔަތްކޮށް މަސައްކަތުގެ ޖުމްލަ އަގަށް ބަދަލު ނާންނަ ގޮތަށް އެ ފަރާތުން އެދިފައިވާ 28 ދުވަހުގެ މުއްދަތު އިތުރުކޮށް މި އެއްބަސްވުން ބަދަލުކުރުމަށާއި ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް މަސައްކަތްކުރިއަށް ގެންދިއުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާގުން މި ހުށަހެޅުން ފާސްކުރެވުނެވެ. 

 ތާއީދު ކުރެއްވި: ކައުންސިލަރ، މަރިޔަމް ސަޢީދާ

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އަޙްމަދު ސަޢީދު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 02   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 07 ވޯޓް

ވޯޓުގައި ބައިވެރިވި: 07 ވޯޓް
ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/072

ތާރީޚް: 25 އޯގަސްޓް 2021