އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ހިތަދޫ ގޭދޮށު މަސްފެކްޓްރީ ޑިޒައިންކޮށް އަޅައި އަދި އޮޕަރޭޓްކުރުމުގެ މަސައްކަތުގެ އެއްބަސްވުން ބާތިލް ކުރުމުގެ މަސައްކަތް

1 ސެޕްޓެމްބަރ 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީ ހިތަދޫ ގޭދޮށު މަސްފެކްޓްރީ ޑިޒައިންކޮށް އަޅައި އަދި އޮޕަރޭޓްކުރުމުގެ މަސައްކަތުގެ އެއްބަސްވުން ބާތިލް ކުރުމުގެ މަސައްކަތް

މައްސަލަ ހުށަހެޅި ފަރާތް: ބިޑްކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތްކުރުމަށްފަހު، އައްޑޫސިޓީ ހިތަދޫ ގޭދޮށު މަސްފެކްޓްރީ ޑިޒައިންކޮށް، އަޅައި އަދި އޮޕަރޭޓްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ކޮންޓްރެލްޓަރ ކަމަށްވާ އެލްނާތް ޕްރައިވެޓް ލިމިޓެޑާއި އެކު ވެވިފައިވާ (AGR)426-AA/426/2020/16 (28 މޭއި 2020) ނަންބަރު އެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ކުރިއަށް ގެންގޮސްފައި ނުވާތީ، މި ޕްރޮޖެކްޓްގެ ކޮންސަލްޓެންޓްގެ ލަފާއާއި އެއްގޮތަށް އެލްނާތް ޕްރައިވެޓް ލިމިޓެޑާއި އެކު ވެވިފައިވާ އެއްބަސްވުން ބާތިލްކުރުމަށް ފެންނަކަމަށާއި، މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި (AGR)426-AA/PRIV/2020/71 (06 ޑިސެމްބަރ 2020) ނަންބަރ ލޯން އެގްރިމަންޓުގެ ދަށުން އެޑްވާންސް ފައިސާގެ ގޮތުގައި އެފަރާތަށް ދޫކުރެވިފައިވާ 900,000/- (ނުވަ ލައްކަ) ރުފިޔާ އަނބުރާ ހޯދުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާގުން މި ހުށަހެޅުން ފާސްކުރެވުނެވެ. 

 ތާއީދު ކުރެއްވި: ކައުންސިލަރ، ހުސައިން ފައިޒުރަޙްމާން

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އިބްރާހިމް ޝިނާޒު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 11 ވޯޓް

ވޯޓުގައި ބައިވެރިވި: 11 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/077

ތާރީޚް: 1 ސެޕްޓެމްބަރ 2021