މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: ހިތަދޫ ގުލްބަކާގެ އަހުމަދު އަލީ އަށް މިސްކިތެއް އިމާރާތްކުރުމަށް ބިން ހަމަޖެއްސުމާއި ގުޅޭގޮތުން ކައުންސިލްގެ ނަންބަރ 426-B(4)/2021/068 ނިންމުން މުރާޖަޢާކޮށް ބިން ހަމަޖެއްސުމަށް |
||||
މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތްކުރުމަށްފަހު، ހިތަދޫ ގުލްބަކާގެ އަހުމަދު އަލީ އަށް މިސްކިތެއް އިމާރާތްކުރުމަށް ބިން ހަމަޖެއްސުމާއި ގުޅޭގޮތުން ކައުންސިލްގެ ނަންބަރ 426-B(4)/2021/068 ނިންމުން މުރާޖަޢާކޮށް، މަސްޖިދުއްތަޢާވުނު ހުރި ބިމަކީ މުނިސިޕަލް ސަރވިސް ޑިވިޝަން އާއި އިންވެގެން އެ ބިމުގެ އިރު އުތުރު ކަންމަތީގައި އޮތް ބިމަކަށްވެފައި މަސްޖިދުއްތަޢާވުނުގެ ދެކެނު ފަރާތާއި ހުޅަނގު ފަރާތު އިންފާރު ވަރަށް އުސްކޮށް ރާނާފައިވުމުގެ ސަބަބުން މިސްކިތުގެ ރީތިކަން ނުފެންނާތީ މުނިސިޕަލް ސަރވިސް ޑިވިޝަންގެ ދެކުނުން ލިލީމަގާއި ގުޅޭ ކަންމައްޗަށްވާގޮތަށް ބިން ހަމަޖެއްސުމަށާއި މި ދެންނެވި ސަރަހައްދަކީ މުނިސިޕަލް ސަރވިސް ޑިވިޝަނުން ރޭޕެއްހަދައި އެނޫންވެސް ބައެއް މަސައްކަތްކޮށްފައިވާތީ މުނިސިޕަލް ސަރވިސް ޑިވިޝަންގެ އިންފާރު ރޭނުމަށާއި ރޭޕް އަދި ގަރާޖު ހެދުމުގެ ޚަރަދު ހަމަޖެއްސުމަށްޓަކައި މިސްކިތް އިމާރާތްކުރާ ފަރާތުން މި ޚަރަދުތައް ހަމަޖެއްސެން އޮތްނަމަ މިކަމުގައި އެފަރާތުގެ ބައިވެރިވުން ހޯދުމަށާއި، ނޫނީ މި މިސައްކަތަށް ބޭނުންވާނެ ތަކެތި ކައުންސިލްގެ ބަޖެޓުން ހަމަޖައްސައި މުނިސިޕަލް މުވައްޒަފުންގެ އެހީއާއި އެކު މި މަސައްކަތްކުރުމަށް ފެންނަކަމަށާއި މުނިސިޕަލް ސަރވިސް ޑިވިޝަންއަށް އިތުރު ބިން ބޭނުންވާނަމަ އަލަށް އަޅާ މިސްކިތް ނިމި އެ މިސްކިތް ހުޅުވުމުން މަސްޖިދުއްތަޢާވުނު ހުރި ބިން މުނިސިޕަލް ސަރވިސް ޑިވިޝަންއަށް އިތުރުކުރުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާގުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
||||
ތާއީދު ކުރެއްވި: ކައުންސިލަރ، ހުސައިން ފައިޒުރަޙްމާން |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ހުސައިން ޒަރީރު |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 11 ވޯޓް |
ވޯޓުގައި ބައިވެރިވި: 11 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
ކައުންސިލްގެ ނަންބަރ 426-B(4)/2021/068 ނިންމުން މުރާޖަޢާކޮށް ހިތަދޫ ގުލްބަކާގެ އަހުމަދު އަލީ އަށް މިސްކިތެއް އިމާރާތްކުރުމަށް ބިން ހަމަޖެއްސުމަށް