އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ކައުންސިލުން ފާސްކޮށްފައިވާ ކުލީ ބިންތަކުން ކުލި ރިވިއު ކުރުމާއި ގުޅޭ އުސޫލް ގެ ބަދަލުގައި ކައުންސިލުން ގަވާއިދެއްގެ ގޮތުގައި އާއްމުކުރުން

1 ސެޕްޓެމްބަރ 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީ ކައުންސިލުން ފާސްކޮށްފައިވާ ކުލީ ބިންތަކުން ކުލި ރިވިއު ކުރުމާއި ގުޅޭ އުސޫލް ގެ ބަދަލުގައި ކައުންސިލުން ގަވާއިދެއްގެ ގޮތުގައި އާއްމުކުރުން

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތްކުރުމަށްފަހު، ކައުންސިލްގެ 4 ވަނަ ދައުރުގެ 8 ވަނަ ރަސްމީ ޖަލްސާއިން ނިންމެވި (ނިންމުން ނަމްބަރ 426-B(4)2021/038) ކުލީ ބިންތަކުގެ ކުލި ކަނޑައެޅުމާއި ކުލި ރިވިއު ކުރުމާ ގުޅޭ އުސޫލު، ގެޒެޓު ކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަށް ފޮނުވުމުން، އެ އޮތޯރިޓީ އިން ލަފާ ދެއްވިގޮތަށް ކައުންސިލުން ފާސްކޮށަފައިވާ ކުލީ ބިންތަކުގެ ކުލި ކަނޑައެޅުމާއި ކުލި ރިވިއު ކުރުމާ ގުޅޭ އުސޫލު، ކައުންސިލްގެ ޤަވާއިދު  ފޯމެޓަށް ބަދަލުކޮށް ގެޒެޓުކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަށް ފޮނުވުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އައުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ. 

 ތާއީދު ކުރެއްވި: ކައުންސިލަރ، މަރިޔަމް ސަޢީދާ

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާއު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 02 ވޯޓް.

ފެންނަކަމަށް: 09 ވޯޓް

ވޯޓުގައި ބައިވެރިވި: 11 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/080

ތާރީޚް: 1 ސެޕްޓެމްބަރ 2021