އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އޭ.އީ.އެޗްގެ އިރުމައްޗާއި ހުޅަނގު ފަރާތުގައިވާ ބައެއް ގޯތި ކުރިން ހިތަދޫގައި ހޮސްޕިޓަލް އެޅުމަށް ކަނޑައެޅުނު ސަރަހައްދަށް ބަދަލުކުރުން

11 ޖުލައި 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ އެކިއުޓޯރިއަލް ހޮސްޕިޓަލްގެ އިރުމަތީ ފަރާތުގެ ބްލޮކް ނަންބަރު334,341,349 އަދި 353 ގައިވާ ގޯތިތަކުގެ ތެރެއިން މާރަންދޫ މަގާވީ ފަޅީގައިވާ  ލިސްޓްގައިވާ ގޯތިތަކާއި، އަދި އައްޑޫ އެކިއުޓޯރިއަލް ހޮސްޕިޓަލްގެ ހުޅަނގު ފަރާތުގެ ބްލޮކް ނަންބަރު 378،383،388 އަދި 393 ގައިވާ ގޯތިތަކުގެ ތެރެއިން ދުވާފަރު މަގާވީ ފަޅީގައިވާ ލިސްޓުގައިވާ ގޯތިތައް، ކުރިން ހިތަދޫގައި ހޮސްޕިޓަލް އެޅުމަށް ކަނޑައެޅުނު ސަރަހައްދަށް ބަދަލުކުރުމަށް ހުށަހަޅާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް: ޑެޕިއުޓީ މޭޔަރ މުހައްމަދު ޝުޢާއު

ނިންމުން

މައްސަލަ ނިމުނުގޮތް:

         "މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އައްޑޫ އެކިއުޓޯރިއަލް ހޮސްޕިޓަލްގެ އިރުމަތީ ފަރާތުގެ ބްލޮކް ނަންބަރު334,341,349 އަދި 353 ގައިވާ ގޯތިތަކުގެ ތެރެއިން މާރަންދޫ މަގާވީ ފަޅީގައިވާ  ލިސްޓްގައިވާ ގޯތިތަކާއި، އަދި އައްޑޫ އެކިއުޓޯރިއަލް ހޮސްޕިޓަލްގެ ހުޅަނގު ފަރާތުގެ ބްލޮކް ނަންބަރު 378،383،388 އަދި 393 ގައިވާ ގޯތިތަކުގެ ތެރެއިން ދުވާފަރު މަގާވީ ފަޅީގައިވާ ލިސްޓުގައިވާ ގޯތިތައް ކުރިން ހިތަދޫގައި ހޮސްޕިޓަލް އެޅުމަށް ކަނޑައެޅުނު ސަރަހައްދަށް ބަދަލުކުރުމަށާއި، އަދި މި ސަރަހައްދުގައި ހުރި ދިރިއުޅުމަށް ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން ޢިމާރާތްކޮށްފައިވާ ބިންތަކުގެ ވެރިފަރާތްތަކާއި މަޝްވަރާކޮށް އެހެންތަނަކަށް އެ ގޯތިތައް ބަދަލުކުރުމުގެ ކުރިން ގޮތެއް ނިންމުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އައުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

ތާއީދު ކުރެއްވި:  ކައުންސިލަރ، ހުސައިން ޒަރީރު

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުހައްމަދު ޝުޢާއު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 10 ވޯޓް

ވޯޓުގައި ބައިވެރިވި: 11 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/045

ތާރީޚް: 11 ޖުލައި 2021