| 
			 މައްސަލަ  | 
		||||
| 
			 ހުށަހެޅުނު މައްސަލަ: ޒެފިޔަރ ފުޓްސަލް ކަޕް 2017 އަށް ކައުންސިލުން އެހީތެރިކަން ފޯރުކޮށްދިނުން  | 
		||||
| 
			 މައްސަލަ ހުށަހެޅި ފަރާތް: މޭޔަރ ޢަބްދުﷲ ޞާދިޤް  | 
		||||
| 
			 ނިންމުން  | 
		||||
| 
			 މައްސަލަ ނިމުނުގޮތް: މިމައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިއާޔަތްކޮށް އެފް.ސީ ޒެފެއަރއިން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތަކީ މުޅި އައްޑޫސިޓީއަށް ހުޅުވާލެވިގެން ކުރިއަށް ގެންދާ މުބާރާތަކަށްވެފައި، މިފަދަ މުބާރާތްތަކުގެ ސަބަބުން މުޖްތަމަޢުގެ އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރުވަމުންދާކަން ފާހަގަކުރެވޭތީ، މި މުބާރާތް ރާވާ ހިންގުމަށް ކައުންސިލުން އެހީތެރިވުމަށާއި މިގޮތުން ކައުންސިލްގެ އާމްދަނީ ބަޖެޓް ގެ ޖަމްޢިއްޔާ ޖަމާޢަތް ތަކުން ހިންގާ ޙަރަކާތް ތަކަށް އެހީތެރި ވުމަށް ކަނޑައެޅިފައިވާ ބަޖެޓުން " ޒެފިޔާ ފުޓްސަލް ކަޕް 2017" މުބާރާތް ރާވާ ހިންގުމަށް 5000.00ރުފިޔާ ޚަރަދު ކުރުމަށާއި، އަދި މުބާރާތުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ 23 މެޗްގެ މޭން އޮފްދަ މެޗަށް ކޮންމެ މެޗަކަށް 150.00ރުފިޔާގެ ރޭޓުން 3450.00ރުފިޔާ އަދި، ކައުންސިލްގެ އާމްދަނީ ބަޖެޓްގެ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ ގޮތުގައި ކަންކަން ކުރުމަށް ކަނޑައެޅިފައިވާ ބަޖެޓް ކޯޑުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި މުބާރާތުގެ އެންމެ މޮޅު 05ކުޅުންތެރިންނަށް 500.00ރުފިޔާގެރޭޓުން 3000.00ރުފިޔާ ޚަރަދު ކުރުމަށް ފެންނަ ކަމަށާއި، މީގެ އިތުރުން މުބާރާތުގެ ފައިނަލް މެޗްގެ މޭން އޮފްދަ މެޗަށް ހިތަދޫ މެދުދާއިރާގެ ރައްޔިތުންގެ ގޮތުގައި ކަންކަން ކުރުމަށް ކަނޑައެޅިފައިވާ ބަޖެޓް ކޯޑުން ޓްރޮފީއެއް ދިނުމަށް ފެންނަ ކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  | 
		||||
| 
			 ތާއީދު ކުރެއްވި: ކައުންސިލަރ، ޢަލީ ފަހުމީ އަޙްމަދު  | 
			
			 ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ޖަމްޝީދާ މުޙައްމަދު  | 
		|||
| 
			 ވޯޓް ދެއްވި ގޮތް  | 
		||||
| 
			 ބައިވެރިވެވަޑައިނުގަންނަވާ:00  | 
			
			 ނުފެންނަކަމަށް: 00 ވޯޓް.  | 
			
			 ފެންނަކަމަށް: 04 ވޯޓް  | 
			
			 ވޯޓުގައި ބައިވެރިވި: 04 ވޯޓް  | 
		|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

