އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީ ކައުންސިލްގެ ކުލީ ބިންތަކުގެ ކުލި ކަނޑައެޅުމާއި ކުލި ރިވިއުކުރުމާ ގުޅޭ އުޞޫލް އިސްލާޙުކުރުން

11 ޖުލައި 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ކައުންސިލްގެ 426-B (4)/2021/038  ނަންބަރ ނިންމުމުން ނިންމާފައިވާ އައްޑޫ ސިޓީ ކައުންސިލްގެ ކުލީ ބިންތަކުގެ ކުލި ކަނޑައެޅުމާއި ކުލި ރިވިއުކުރުމާ ގުޅޭ އުޞޫލް އިސްލާޙުކުރުން

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ އިބްރާޙިމް ޝިނާޒު

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އައްޑޫ ސިޓީ ކައުންސިލްގެ ކުލީ ބިންތަކުގެ ކުލި ކަނޑައެޅުމާއި ކުލި ރިވިއުކުރުމާ ގުޅޭ އުޞޫލުގެ 02 ވަނަ މާއްދާ އަށް (ރ) "އަލުން ހެދޭ އެއްބަސްވުންތަކުގެ އަގު 5 (ފަހެއް) އަހަރުން ރިވިއުކުރެވޭނެ އެވެ. ރިވިއުކުރެވޭނީ އެއްބަސްވުމުގެ އަގުގެ%15 އަށް ވުރެ ބޮޑުނުވާ ގޮތަށެވެ." އިތުރުކޮށް، އައްޑޫ ސިޓީ ކައުންސިލްގެ ކުލީ ބިންތަކުގެ ކުލި ކަނޑައެޅުމާއި ކުލި ރިވިއުކުރުމާ ގުޅޭ އުޞޫލު ފާސްކުރުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ،  އާމިނަތު ސަލްމާ

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އިބްރާޙިމް ޝިނާޒު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 12 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/046

ތާރީޚް: 11 ޖުލައި 2021