އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގައި ފުޓްބޯލް ސްކޫލެއް ހެދުމަށް ބިން ހަމަޖެއްސުން

8 ސެޕްޓެމްބަރ 2021     


ކައުންސިލްގެ ނިންމުން

 

ނިންމުން ނަންބަރު: 426-B (4)/2021/086

ބޭއްވުނު ތާރީޚް:08 ސެޕްޓެމްބަރ 2021

ޖަލްސާ: 2021ވަނަ އަހަރުގެ 29 ވަނަ ރަސްމީ ޖަލްސާ(4ވަނަ ކައުންސިލްގެ 15 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީގައި ފުޓްބޯލް ސްކޫލެއް ހެދުމަށް ބިން ހަމަޖެއްސުން

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު،ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އައްޑޫސިޓީގައި ފުޓްބޯޅަ ސްކޫލެއް ޤާއިމު ކުރުމަށް ބިމެއް ހޯދުމަށް ހުށަހަޅާފައިވާ މައްސަލައަކީ މުހިއްމު މައްސަލައެއް ކަމަށާއި، މިފަދަ ސްކޫލެއް އައްޑޫގައި ޤާއިމު ވުމަކީ އައްޑޫގެ ދަރިން، ފުޓްބޯޅައިގައި ކުރިއަރައި ދަރިވަރުންނަށް ފުޓްބޯޅައިގެ ފަހި ފުރުޞަތުތައް ލިބި ދެކުނުގެ ފުޓްބޯޅަ ކުރިއެރުވުމަށް ހުޅުވާލެވޭ ފުރުޞަތެއް ކަމަށް ފާހަގަކުރެވޭތީ،  

މިމައްސަލަ ކުރިއަށް ގެންދިއުމުގައި، އައްޑޫސިޓީ ހިތަދޫ ފުޓްބޯޅަ ސްޓޭޑިއަމް ގެ ދެކުނުން އޮތް ބިމުން އައްޑޫސިޓީގައި ފުޓް ބޯޅަ ސްކޫލެއް ޤާއިމު ކުރުމަށް ސެކްޝަނުން ހުށަހަޅާފައިވާ ގޮތަށް 140 މީޓަރު، 130 މީޓަރުގެ ބިން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި ޙަވާލުކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. 

 ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު ސަލްމާ

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ، މުހައްމަދު ޝުޢާޢު  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 12 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް
ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/086

ތާރީޚް: 8 ސެޕްޓެމްބަރ 2021