އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އެއްބަސްވުމާއި އެއްގޮތަށް އެމް.އޭ.ޑަބްލިއު.ސީ އިން ފައިސާ ނުދެއްކުމުގެ ސަބަބުން ވެފައިވާ ޖޫރިމަނާ އާއި މެދު ގޮތެއް ނިންމުމުގެ މައްސަލަ

8 ސެޕްޓެމްބަރ 2021     


ކައުންސިލްގެ ނިންމުން

 

ނިންމުން ނަންބަރު: 426-B (4)/2021/087

ބޭއްވުނު ތާރީޚް:08 ސެޕްޓެމްބަރ 2021

ޖަލްސާ: 2021ވަނަ އަހަރުގެ 29 ވަނަ ރަސްމީ ޖަލްސާ(4ވަނަ ކައުންސިލްގެ 15 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

މާލެ އެރޭޓެޑް ވޯޓަރ ކޮމްޕެނީ އާއި އައްޑޫސިޓީ ކައުންސިލް ދެމެދު ވެފައިވާ ނަންބަރ (AGR)426-CA/PRIV/2020/04 އެއްބަސްވުމާއި އެއްގޮތަށް ފައިސާ ނުދެއްކުމުގެ ސަބަބުން ވެވިފައިވާ ޖޫރިމަނާ އާއި ގުޅޭގޮތުން ގޮތެއް ނިންމުމުގެ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް: ފައިނޭންސް ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

 " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު،މާލެ އެރޭޓެޑް ވޯޓަރ ކޮމްޕެނީ އާއި އައްޑޫސިޓީ ކައުންސިލާއި ދެމެދު ވެފައިވާ ނަންބަރ (AGR)426-CA/PRIV/2020/04 އެއްބަސްވުމާއި އެއްގޮތަށް ފައިސާ ނުދެއްކުމުގެ ސަބަބުން ވެވިފައިވާ ޖޫރިމަނާ ފައިސާ، 01 މަސް ( އެކެއް މަސް ) ދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށް މާލެ އެރޭޓެޑް ވޯޓަރ ކޮމްޕެނީގައި ދެންނެވުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ. 

 

 ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ، މުހައްމަދު ޝުޢާޢު 

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އިބްރާހީމް ޝިނާޒް 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 03 ވޯޓް.

ފެންނަކަމަށް: 09 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/087

ތާރީޚް: 8 ސެޕްޓެމްބަރ 2021