އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އެމް.އައި.ބީގެ އޭ.ޓީ.އެމް ކިއޮކްސް ބެހެއްޓުމަށްޓަކައި ހިތަދޫ އާއި މީދޫ ނުވަތަ ހުޅުދޫ އަވަށުން ބިން ކުއްޔަށް ހޯދުމަށް އެބޭންކުން ހުށަހަޅާ މައްސަލަ.

16 ސެޕްޓެމްބަރ 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  މޯލްޑިވްސް އިސްލާމިކް ބޭންކްގެ އޭ.ޓީ.އެމް ކިއޮކްސް ބެހެއްޓުމަށްޓަކައި ހިތަދޫ އާއި މީދޫ ނުވަތަ ހުޅުދޫ އަވަށުން ބިން ކުއްޔަށް ހޯދުމަށް އެބޭންކުން ހުށަހަޅާ މައްސަލަ.

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އައްޑޫސިޓީގެ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް މޯލްޑިވްސް އިސްލާމިކް ބޭންކްގެ އޭ.ޓީ.އެމް ކިއޮކްސް ބަހައްޓާނެ ތަނެއް ކަނޑައެޅުމަކީ މުހިއްމު ކަމެއް ކަމަށްދެކޭތީ، އެސް.ޓީ.އޯ ބިލްޑިންގެ ތިރީ ފަންގިފިލާގައި ބަހާއުއްދީނު މަގަށްވާގޮތަށް ދެކުނު ފަރާތުގައި ހުސްކޮށް ހުރިތަން (ކުރިން ފިހާރައެއް ހިންގުމަށް ބޭނުން ކުރި ތަން) މޯލްޑިވްސް އިސްލާމިކް ބޭންކްގެ އޭ.ޓީ.އެމް ކިއޮކްސް ބެހެއްޓުމަށް ކަނޑައެޅުމަށް ފެންނަކަމަށާއި،

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ދެކުނު ފަރާތުން އާރު.އޭ.އެފް  މަގަށްވާގޮތަށް 404ނަމްބަރު ބްލޮކްގައި ބެހެއްޓިފައިވާ ޕަމްޕް ސްޓޭޝަން ހުރި ބިން  މޯލްޑިވްސް އިސްލާމިކް ބޭންކްއާއި ބޭންކް އޮފް މޯލްޑިވްސް ގެ އޭ.ޓީ.އެމް ކިއޮކްސް ބެހެއްޓުމަށް ކަނޑައެޅުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. 

 ތާއީދު ކުރެއްވި: ކައުންސިލަރ، ޙުސައިން ޒަރީރު  

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އަޙްމަދު ސަޢީދު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 12 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/088

ތާރީޚް: 16 ސެޕްޓެމްބަރ 2021