އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ ފެހެލެ ކިޅި ތަރައްޤީ ކުރުމުގެ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގައި ކައުންސިލުން ގޮތެއް ނިންމުން.

16 ސެޕްޓެމްބަރ 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ހިތަދޫ ފެހެލެ ކިޅި ތަރައްޤީ ކުރުމުގެ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގައި ކައުންސިލުން ގޮތެއް ނިންމުން.

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އައްޑޫސިޓީ ހިތަދޫ ފެހެލެ ކިޅި ހިމެނޭ ސަރަޙައްދުގައި ކަލްޗަރަލް މިއުޒިއަމެއް ތަރައްޤީކޮށް މިސަރަޙައްދަށް މީހުންނަށް ވަދެވޭނެގޮތް ހަދައި މިސަރަހައްދު ޑިވެލޮޕް ކުރަން ކައުންސިލުން ތައްޔާރުކޮށްފައިވާ ޕްލޭންގައިވާ ގޮތަށް ހިތަދޫ ފެހެލެ ކިޅި ތަރައްޤީ ކުރުމުގެ މަސައްކަތް ކައުންސިލުން ޝަރުޠު ކުރާ ކަންކަން ހިމަނައިގެން ޑިޒައިން ބިލްޑް އެންޑް އޮޕަރޭޓް އުޞޫލުންކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ޤަވާއިދައި އެއްގޮތަށް ކުރިއަށް ގެންދިއުމުގެ މަސައްކަތް ހިންގުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. 

 ތާއީދު ކުރެއްވި: ކައުންސިލަރ، މަރްޔަމް ސަޢީދާ  

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ އާމިނަތު އަދާލާ ރަޝީދު   

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 12 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/090

ތާރީޚް: 16 ސެޕްޓެމްބަރ 2021