އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ މީދޫ އަވަށުގައި ޕެޓްރޯލް ޝެޑެއް ހެދުމަށް ބިން ދޫކުރުމުގައި ކައުންސިލުން ގޮތެއް ނިންމުން.

16 ސެޕްޓެމްބަރ 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީ މީދޫ އަވަށުގައި ޕެޓްރޯލް ޝެޑެއް ހެދުމަށް ބިން ދޫކުރުމުގައި ކައުންސިލުން ގޮތެއް ނިންމުން.

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ  ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

 " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު،މި ވަގުތު މީދޫ އަވަށުގައި ތެލުގެ ވިޔަފާރި ކުރާ 3 ތަނުގެ ތެރެއިން 2 ތަނެއް ހުރީ ރަށު ތެރޭގައި މީހުން ދިރިއުޅޭ ގެ ތަކާއި ކައިރީގައި ކަމަށްވާތީ، މި ފަދަ ވިޔަފާރިތައް މީހުން ދިރިއުޅޭ ގެތަކާއި ދުރަށް ގެންދިއުމަކީ ރައްކާތެރި ކަމުގެ ގޮތުން އަލަން ޖެހޭ މުހިއްމު ފިޔަވަލެއް ކަމުގައި ދެކޭތީ،

މައްސަލައާއި އެކު ހުށަހަޅާފައިވާ ޗާޓްގައި ފާހަގަ ކުރެވިފައިވާ 2 ބިން، މީދޫ އަވަށުގައި ތެލުގެ ވިޔަފާރިއަށް ދޫކުރާ ބިން ކަމަށް ކަނޑައަޅައި، މި ވިޔަފާރިކުރުމަށް ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވައި ޢާއްމުކޮށް އިޢުލާނު ކޮށްގެން ޤަވާޢިދައި އެއްގޮތަށް ބިން ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. 

 ތާއީދު ކުރެއްވި: ކައުންސިލަރ، ޙުސައިން ފައިޒް   

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އާމިނަތު ޞާލިޙާ 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 12 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/091

ތާރީޚް: 16 ސެޕްޓެމްބަރ 2021