އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީގެ ސިއްޙީ ކަންކަމުގައި ހުރި ދަތިތައް ޙައްލު ކުރުމަށް ކައުންސިލަށް ފެންނަ ގޮތް ރައީސަށް ހުށަހަޅާ މައްސަލަ

16 ސެޕްޓެމްބަރ 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

08 އޮގަސްޓް 2021 ވަނަ ދުވަހު އައްޑޫސިޓީ ކައުންސިލާ އެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވި ބައްދަލުވުމުގައި އައްޑޫގެ ސިއްޙީ ކަންކަމުގައި ހުރި ދަތި އުނދަގޫތައް އެމަނިކުފާނުގެ ސަމާލު ކަމަށް ގެންދިއުމުން، އެކަންކަން ޙައްލު ކުރުމަށް އައްޑޫސިޓީ ކައުންސިލަށް ފެންނަ ގޮތް އެމަނިކުފާނަށް ހުށަހަޅުއްވައި ދެއްވުމަށް އެދި ވަޑައިގެންފައިވާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ އަޙްމަދު ސަޢީދު  

ނިންމުން

މައްސަލަ ނިމުނުގޮތް:

 " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު،މި މައްސަލައަކީ ރައްޔިތުންނާ ގުޅުން ހުރި މުހިއްމު މައްސަލައެއްކަން ފާހަގަކޮށް، އައްޑޫގެ ސިއްޙީ ނިޒާމަށް ކުރިމަތިވެފައިވާ މައްސަލަތަކަކީ، ކައުންސިލް ނުހަނު ކަންބޮޑުވާ މައްސަލަތައްކަމަށްވެފައި، މިމައްސަލަތަކަށް ހައްލު ހޯދުމަށް ކައުންސިލުން މަސައްކަތް ކުރުމަކީ މުހިއްމު ކަމެއް ކަމުގައި ދެކޭތީ، އައްޑޫސިޓީގެ މޭޔަރ އަދި 5 ކައުންސިލް މެމްބަރުން ހިމެނޭ ގޮތަށް އެކުލަވާލެވޭ ކޮމިޓީއަކުން އައްޑޫގެ ރައްޔިތުންނަށް ފޯރުކޮށްދެވޭ ސިއްޙީ ޚިދުމަތުގައި ހުރި މައްސަލަތައް އިތުރަށް ދިރާސާ ކުރުމުގެ މަސައްކަތް ހިންގުމަށާއި،

މިގޮތުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ މެނޭޖްމަންޓާއި ބައްދަލުކޮށް އައްޑޫ ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތެއް ފޯރުކޮށް ދިނުމުގައި ހުރި ދަތިތައް ހޯދައި ބަލައި، އައްޑޫގެ ރައްޔިތުންނަށް ސިއްޙީ ޚިދުމަތް ލިބުމުގައި ހުރި މައްސަލަ ހައްލުކުރުމަށް ކުރެވެން ހުރި ކަންކަމަކީ ކޮބައިތޯ ބަލައި ރިޕޯރޓެއް އެކުލަވާ ލުމަށްފަހު، ދިވެހި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާއަށް ހުށަހެޅުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު ޞާލިޙާ 

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާޢު   

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 02   

ނުފެންނަކަމަށް: 04 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/092

ތާރީޚް: 16 ސެޕްޓެމްބަރ 2021