| 
			 މައްސަލަ  | 
		||||
| 
			 ހުށަހެޅުނު މައްސަލަ: އައްޑޫ ޓްރޭޑް ކޯޕަރޭޓިވްގެ ހިއްސާ އައްޑޫސިޓީ ކައުންސިލުން ގަތުމާއި މެދު ކައުންސިލުން ގޮތެއް ނިންމުން.  | 
		||||
| 
			 މައްސަލަ ހުށަހެޅި ފަރާތް: މޭޔަރ ޢަބްދުﷲ ޞާދިޤް  | 
		||||
| 
			 ނިންމުން  | 
		||||
| 
			 މައްސަލަ ނިމުނުގޮތް: މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިއާޔަތްކޮށް މިމައްސަލާގައި އިތުރަށް ދިރާސާ ކުރަންޖެހޭ ކަންކަން ހުރިކަމަށް ޤަބޫލު ކުރެވޭތީ، މައްސަލަ ދިރާސާ ކުރުމަށް ކައުންސިލުން ވަގުތީ ކޮމިޓީއެއް ކަނޑައަޅައި އެކޮމިޓީއަށް މައްސަލަ ފޮނުވުމަށާއި، މިކޮމިޓީގެ މެމްބަރުންގެ ގޮތުގައި އެސިސްޓެންޓް ޑިރެކްޓަރ އިބްރާހީމް ލަބީބު، އެސިސްޓެންޓް ޑިރެކްޓަރ ޝައިބާ އަނީސް އަދި ލީގަލް އޮފިސަރ އަލްއުސްތާޛު ޙުސައިން ޙަބީބު ހިމެނުމަށާއި، އަދި ކައުންސިލް މެމްބަރުންގެ ތެރެއިން ކައުންސިލަރ ޖަމްޝީދާ މުޙައްމަދު ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދު ، ކައުންސިލަރ ފައިޞަލް އިބްރަހީމް ހިމެނޭ ގޮތަށް ވަގުތީކޮމިޓީ އެކުލަވާލުމަށް ފެންނަ ކަމަށާއި މި ގޮތުން އެކުލަވާލެވޭ ކޮމިޓީގައި މިމައްސަލަ ދިރާސާ ކުރުމަށްފަހު، ނިމޭ ގޮތެއްގެ މަތިން އެ ކޮމިޓީން މިމައްސަލަ އަލުން ކައުންސިލަށް ހުށަހެޅުމަށް ފެންނަކަމަށް ، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  | 
		||||
| 
			 ތާއީދު ކުރެއްވި: ކައުންސިލަރ ޙުސައިން ހިޔާޟް  | 
			
			 ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ޖަމްޝީދާ މުޙައްމަދު  | 
		|||
| 
			 ވޯޓް ދެއްވި ގޮތް  | 
		||||
| 
			 ބައިވެރިވެވަޑައިނުގަންނަވާ:00  | 
			
			 ނުފެންނަކަމަށް: 00 ވޯޓް.  | 
			
			 ފެންނަކަމަށް: 04 ވޯޓް  | 
			
			 ވޯޓުގައި ބައިވެރިވި: 04 ވޯޓް  | 
		|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

