|
މައްސަލަ |
||||
|
ހުށަހެޅުނު މައްސަލަ: އައްޑޫ ސިޓީ ޓޫރިޒަމް ޒޯން ތަކުން ޓޫރިޒަމާ ގުޅުންހުރި ވިޔަފާރިތައް ހިންގުމަށް ބިން ކުއްޔަށް ދޫކުރުމަށް ކުރެވުނު އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބިޑްތައް އިވެލުއޭޓް ކުރުމަށް އެކުލަވާލެވުނު ކޮމިޓީން ނިންމި ނިންމުމާއި މެދު ކައުންސިލުން ގޮތެއް ނިންމުން |
||||
|
މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން |
||||
|
ނިންމުން |
||||
|
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އައްޑޫ ސިޓީ ޓޫރިޒަމް ޒޯން ތަކުން ޓޫރިޒަމާ ގުޅުންހުރި ވިޔަފާރިތައް ހިންގުމަށް ބިން ކުއްޔަށް ދޫކުރުމަށް ކުރެވުނު އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބިޑްތައް އިވެލުއޭޓް ކުރުމަށް އެކުލަވާލެވުނު ކޮމިޓީގެ މަސައްކަތު މަރުޙަލާގައި ނިމިފައިވާ ގޮތަށް "އައްޑޫ ސިޓީ ޓޫރިޒަމް ޒޯން ތަކުން ޓޫރިޒަމާ ގުޅުންހުރި ވިޔަފާރިތައް ހިންގުމަށް ކުއްޔަށް ދޫކުރުމަށް ކަނޑައެޅުނު ބިން ކާމިޔާބު ކުރި ފަރާތްތަކަށް ޤަވާޢިދާއި އެއްގޮތަށް ބިން ޙަވާލުކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
||||
|
ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހީމް ޝިނާޒް |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޙުސައިން ޒަރީރު |
|||
|
ވޯޓް ދެއްވި ގޮތް |
||||
|
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 04 ވޯޓް. |
ފެންނަކަމަށް: 08 ވޯޓް |
ވޯޓުގައި ބައިވެރިވި: 12 ވޯޓް |
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

