އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އެރައިޒް ޕްރޮޖެކްޓްގެ ދަށުން ސޯލަރ ޕެނަލް ހަރުކުރުމަށް ކައުންސިލުން ބިން ހަމަޖައްސަވައިދެއްވުން

22 ސެޕްޓެމްބަރ 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އެރައިޒް ޕްރޮޖެކްޓްގެ ދަށުން ސޯލަރ ޕެނަލް ހަރުކުރުމަށް ކައުންސިލުން ބިން ހަމަޖައްސަވައިދެއްވުން

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އެރައިޒް ޕްރޮޖެކްޓްގެ ދަށުން އައްޑޫ ސިޓީގައި ސޯލަރ ޕެނަލް ޖެހުމަށް، ބޭނުންވާ ބިމުގެ އޭރިއާ ކަނޑައެޅުމުގައި،  ޕްލޭނިންގ ސެކްޝަނުން ހުށަހަޅާފައިވާ ޗާޓްގައި ފާހަގަ ކުރެވިފައިވާ ބިން ހިމެނޭ ސަރަޙައްދު ސޯލާރ ޕެނަލް ޖެހުމަށް ކަނޑައެޅުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. 

 ތާއީދު ކުރެއްވި: ކައުންސިލަރ، މުޙައްމަދު ފައިޞަލް

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އިބްރާހީމް ޝިނާޒް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 11 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/095

ތާރީޚް: 22 ސެޕްޓެމްބަރ 2021