އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގެ ހުޅުދޫ މީދޫގައި ޓްރާންސްފޯމަރ އެއް ބެހެއްޓުމަށް ބިމެއް ހޯދުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން ހުށަހަޅާފައިވާ މައްސަލަ.

22 ސެޕްޓެމްބަރ 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީގެ ހުޅުދޫ މީދޫގައި ޓްރާންސްފޯމަރ އެއް ބެހެއްޓުމަށް 20X20 ފޫޓަށް ވުރެ ކުޑަނޫން ބިމެއް ހޯދުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން ހުށަހަޅާފައިވާ މައްސަލަ.

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އައްޑޫސިޓީ ހުޅުދޫ މީދޫގައި ޓްރާންސްފޯމަރެއް ބެހެއްޓުމަށް ފެނަކަ ކޯރޕަރޭޝަން ލިމިޓެޑުން ހުށަހަޅާފައިވާ މައްސަލައަކީ މުހިއްމު މައްސަލެއް ކަން ފާހަގަކޮށް، މައްސަލައާއި އެކު ޕްލޭނިންގ ސެކްޝަނުން ހުށަހަޅާފައިވާ ޗާޓްގައި ފާހަގަ ކުރެވިފައިވާ ބިމުގައި އައްޑޫ ސިޓީ ހުޅުދޫ މީދޫގައި ޓްރާންސްފޯމަރެއް ބެހެއްޓުމަށް 20×20 ފޫޓުގެ ބިން ޤަވާޢިދާއި އެއްގޮތަށް ފެނަކަ ކޯރޕަރޭޝަން ލިމިޓެޑާއި ޙަވާލުކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. 

 ތާއީދު ކުރެއްވި: ކައުންސިލަރ، މުޙައްމަދު ޝުޢާޢު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޙުސައިން ޒަރީރު  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 12 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/096

ތާރީޚް: 22 ސެޕްޓެމްބަރ 2021