އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީގެ ޓޫރިޒަމް ޒޯންތަކުން ކުއްޔަށް ދޫކުރާ ބިންތައް ރަހުނު ކުރުމުގެ ހުއްދަ ދިނުމާއި މެދު ކައުންސިލުން ގޮތެއް ނިންމުން.

29 ސެޕްޓެމްބަރ 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ ސިޓީގެ ޓޫރިޒަމް ޒޯންތަކުން ކުއްޔަށް ދޫކުރާ ބިންތައް ރަހުނު ކުރުމުގެ ހުއްދަ ދިނުމާއި މެދު ކައުންސިލުން ގޮތެއް ނިންމުން.

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އައްޑޫ ސިޓީގެ ޓުއަރިޒަމް ޒޯންތަކުން ގެސްޓް ހައުސް، ސިޓީ ހޮޓާ އަދި ޓުއަރިޒަމާ ގުޅުންހުރި އެހެން ވިޔަފާރިތައް ހިންގުމަށް ކުއްޔަށް ދޫކުރާ ބިންތަކާއި ބިމުގައި ހަދާ ޢިމާރާތްތައް ޤާނޫނު ނަމްބަރު 1/2002 ( ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)ގެ 19ވަނަ މާއްދާ އާއި، 36 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ  ގޮތުގެމަތިން، ބިން ކުއްޔަށް ހިފާ ފަރާތުން ރަހުނު ކުރުމަށް އެދި ހުށަހެޅުމުން، އެއްބަސްވުމުގެ މުއްދަތަށް ވުރެ އިތުރު ނުވާގޮތަށް، ރަހުނު ކުރުމުގެ ހުއްދަ ދިނުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. 

 ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު ސަލްމާ  

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޙުސައިން ފައިޒުއްރަޙްމާން  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 10 ވޯޓް

ވޯޓުގައި ބައިވެރިވި: 11 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/100

ތާރީޚް: 29 ސެޕްޓެމްބަރ 2021