އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ކައުންސިލްގެ ނަމުގައި ހުރި ވެހިކަލްތަކުގެ ތެރެއިން ބޭނުން ނުކުރެވޭ ވެހިކަލްތައް ނީލަން ކިޔުމާއި، ނައްތާލުމުގައި ގޮތެއް ނިންމުން.

6 އޮކްޓޯބަރ 2021     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2021/102

ބޭއްވުނު ތާރީޚް:06 އޮކްޓޯބަރު 2021

ޖަލްސާ: 2021ވަނަ އަހަރުގެ 33 ވަނަ ރަސްމީ ޖަލްސާ(4ވަނަ ކައުންސިލްގެ 19 ވަނަ ޖަލްސާ

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީ ކައުންސިލްގެ ނަމުގައި ރަޖިސްޓްރީކުރެވިފައި ހުރި ވެހިކަލްތަކުގެ ތެރެއިން އެކި ސަބަބު ތަކާހުރެ ބޭނުން ނުކުރެވޭ ވެހިކަލްތައް ނީލަން ކިޔުމާއި، ނައްތާލުމުގައި ކައުންސިލުން ގޮތެއް ނިންމުން.

މައްސަލަ ހުށަހެޅި ފަރާތް: އެޑްމިންސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، މައްސަލައާއި އެކު އެއްކަރުދާސް ކުރެވިފައިވާ ލިސްޓްގައި ހިމެނޭ 12 ވެހިކަލް ނީލަން ކިޔުމުގެ މަސައްކަތް ހިންގުމަށްޓަކައި "ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދު" ގައި ބަޔާން ކުރެވިފައިވާ އެންމެހާ އިޖުރަޢާތުތައް ފުރިހަމަ ކުރުމަށްފަހު، ލިސްޓްގައި ހިމެނޭ 12 ވެހިކަލް ނީލަން ކިޔުމުގެ މަސައްކަތް ޤަވާޢިދާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. 

 

 ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު އަދަލާ ރަޝީދު   

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާޢު  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 12 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/102

ތާރީޚް: 6 އޮކްޓޯބަރ 2021