އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މާސްޓަރކާޑް އަދި ދަ އިކޯ އޯގަނައިޒޭޝަންއާއި އައްޑޫސިޓީ ކައުންސިލާއި ދެމެދު ވެވޭ އެއްބަސްވުމުގައި ސޮއިކުރުމާއިމެދު ކައުންސިލުން ގޮތެއް ކަނޑައެޅުން

13 ނޮވެމްބަރ 2021     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2021/105

ބޭއްވުނު ތާރީޚް:13 އޮކްޓޯބަރު 2021

ޖަލްސާ: 2021ވަނަ އަހަރުގެ 34 ވަނަ ރަސްމީ ޖަލްސާ(4ވަނަ ކައުންސިލްގެ 20 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

މާސްޓަރކާޑް އާއި އައްޑޫސިޓީ ކައުންސިލާއި ދެމެދު ވެވޭ އެއްބަސްވުމާއި، އަދި ދަ އިކޯ އޯގަނައިޒޭޝަންއާއި އައްޑޫސިޓީ ކައުންސިލާއި ދެމެދު ވެވޭ އެއްބަސްވުމުގައި ސޮއިކުރުމާއިމެދު ކައުންސިލުން ގޮތެއް ކަނޑައެޅުން.

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން   

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، މައްސަލައާއި ގުޅިގެން ކައުންސިލްގެ ލީގަލް އިން ފާހަގަކޮށްފައިވާ ތިރީގައި ބަޔާން ކުރެވިފައިވާ ނުކުތާތަކަށް ރިޢާޔަތް ކޮށް، އެއްބަސްވުން އެކުލަވާލުމަށް، މާސްޓަރކާޑް އާއި ދަ އިކޯ އޯގަނައިޒޭޝަނަށް އެއްބަސްވެވޭނަމަ، މި 2 ފަރާތާއި އެކު އެއްބަސްވުން އެކުލަވާލައި އެއްބަސްބުމުގައި ކައުންސިލުން ސޮއިކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. 

މާސްޓަރކާޑް އާއި އައްޑޫސިޓީ ކައުންސިލާއި ދެމެދު ވެވޭ އެއްބަސްވުމާއި ގުޅިގެން ކައުންސިލްގެ ލީގަލް އިން ފާހަގަ ކުރާ ނުކުތާތައް:

  • އެމް.އޯ.ޔޫ ގެ ސެކްޝަން 3 ގެ ބައިންޑިންގ އެގްރީމަންޓްސްގެ ދަށުން އައިސްފައިވާ ކަންކަމަކީ މި އެއްބަސްވުމުގެ ދަށުން ކައުންސިލުން ކުރުމަށް އެއްބަސްވާ، އަދި ކުރުން ލާޒިމްވާ ކަންތައްތެކެއް ކަމަށް ވުމުން ، އެއްބަސްވުމުގައި ސޮއި ކުރުމުގެ ކުރިން،  މިކަންކަން ކުރުމަށް ކައުންސިލްގެ ވަސީލަތްތަކާއި، މުވައްޒަފުންނާއި، ތަން ހަމަޖެއްސިދާނެތޯ ބެލުމާއި،
  • އެއްބަސްވުމުގެ 7 ވަނަ މާއްދާގައިވާ ކަންކަމުގެ ތެރޭގައި އެއްބަސްވުމުގެ ދަށުން އުފެދޭ ކަމެއް ނުވަތަ އެއްބަސްވުމާއި ޚިލާފަށް ކުރި ކަމެއްގެ ސަބަބުން އެފަރާތަކުން ޒިންމާވާންޖެހޭނީ ގިނަވަގެން  50,000 (ފަންސާސްހާސް ޔޫއެސް ޑޮލާރސް) އާ ހަމައަށް ކަމަށް ބަޔާންކޮށްފައިވުމުން، މި ފައިސާގެ އަދަދަކީ ބޮޑު އަދަދެއް ކަމާއި މި އެއްބަސްވުމުގައި ސޮއި ކުރުމުގެ ކުރިން ފައިސާގެ އަދަދާމެދު ކައުންސިލުން ވިސްނުމާއި، 
  • އެއްބަސްވުމުގެ 6 ވަނަ މާއްދާގައި ވާގޮތުން މި އެއްބަސްވުމުގެ ސެކްޝަން 1 އަދި 2 އެއީ ޤާނޫނީގޮތުން ބަނދެވިގެންނުދާ ބައިތައް ހިމެނޭ ބައިތަކެއް ކަމުން މިބައިތަކުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ މާސްޓަރ ކާޑުން ކޮށްދޭނެ، ނުވަތަ ކުރާނޭ ކަންކަމުގެ ވާހަކަކަމަށާއި، ނަމަވެސް މި އެއްބަސްވުމުގައިވާ ގޮތުން ސެކްޝަން 3 ގައިވާ ކަންކަން (ކައުންސިލުން ކުރަންޖެހޭ ކަންކަން) އެއީ ޤާނޫނީގޮތުން ބަނދެވިގެންދާ ކންކަމަށްވާތީ، 3 ވަނަ ސެކްޝަންގައިވާ ކަންކަން ނުކޮށްފިނަމަ އެއްބަސްވުމާއި އާ ޚިލާފުވީ ކަމަށް ބެލެވޭނެއެވެ.

ދި އިކޯ އޯގަނައިޒޭޝަން އާއި ކައުންސިލާ ދެމެދު ވެވޭ އެމްއޯޔޫ އާއި ގުޅޭގޮތުން ކައުންސިލްގެ ލީގަލް އިން ފާހަގަ ކުރާކަންކަން:-

  • މި އެމްއޯޔޫގެ ދަށުން ދި އިކޯ އޮގަނަޒޭޝަންގެ ޕްރޮޕަޓީ ހައްޤުތަކާއި، ސިއްރު ހިފެހެއްޓުމުގެ ބައިތަކަކީ، ކައުންސިލުން ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭ ބައިތަކެކެވެ. އެހެނީ، އެއިން ކަމަކާ ޚިލާފުވެއްޖެނަމަ، ގެއްލުމުގެ ބަދަލު ހޯދުމަށް އަނެއް ފަރާތަށް އެމްއޯޔޫގެ ދަށުން، ގިނަ ފުރުޞަތު ހުޅުވިފައި އޮތުމުންނެވެ.
  • ދި އިކޯ އޮގަނަޒޭޝަން އާއި ކައުންސިލާ ދެމެދު ވެވޭ އެއްބަސް ވުމުގައި ސޮއިކުރުމަށް، ޤާނޫނީގޮތުން ހުރަހެއް އޮތްކަމަށް ނުފެންނަ ކަމަށް ލީގަލް އިން ފާހަގަ ކުރެއެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހީމް ޝިނާޒް

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ޙުސައިން ފައިޒުއްރަޙްމާން   

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 02   

ނުފެންނަކަމަށް: 00ވޯޓް.

ފެންނަކަމަށް: 09 ވޯޓް

ވޯޓުގައި ބައިވެރިވި: 11 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/105

ތާރީޚް: 13 ނޮވެމްބަރ 2021