އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިންޑީއާގެ ގްރާންޓްގެ ތެރެއިން އައްޑޫސިޓީ ހިތަދޫގައި ޤާއިމު ކުރާ ގެދޮށު މަސްޕްލާންޓް މަޝްރޫޢަށް ބިން ހަމަޖެއްސުން

29 ނޮވެމްބަރ 2021     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2021/109

ބޭއްވުނު ތާރީޚް:13 އޮކްޓޯބަރު 2021

ޖަލްސާ: 2021ވަނަ އަހަރުގެ 34 ވަނަ ރަސްމީ ޖަލްސާ(4ވަނަ ކައުންސިލްގެ 20 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އިންޑީއާގެ ގްރާންޓްގެ ތެރެއިން އައްޑޫސިޓީ ހިތަދޫގައި ޤާއިމު ކުރާ ގެދޮށު މަސްޕްލާންޓް މަޝްރޫޢަށް ބިން ހަމަޖެއްސުން

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އައްޑޫސިޓީގެ 3 ރަށެއްގައި ގޭދޮށު މަސްޕްލާންޓް ޤާއިމު ކުރުމަށް އިންޑިއާގެ ގްރާންޓްގެ އެހީ ލިބި، މިއެހީގެ ތެރޭގައި ހިމެނޭ ހިތަދޫ ގޭދޮށު މަސްޕްލާންޓްގެ މަސައްކަތް ޙަވާލުވި ފަރާތުން، އެއްބަސްވުމުގެ މުއްދަތު ނިމުނު އިރުވެސް މަސައްކަތް ކުރެވޭނެގޮތް ހަމަޖައްސާފައި ނުވާތީ، އެފަރާތުން އެމަސައްކަތް ވަކިކުރެވިފައި ވުމާއެކު، އަލުން މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ބިން ކަނޑައެޅުމަކީ މުހިއްމުކަމެއް ކަމުގައި ފެންނާތީ،

އައްޑޫސިޓީ ހިތަދޫގައި ޤާއިމު ކުރާ ގެދޮށު މަސްޕްލާންޓް މަޝްރޫޢުގެ މަސައްކަތް ހިންގުމަށް މައްސަލައާއި އެކު ހުށަހަޅާފައިވާ ޗާޓުގައި ފާހަގަކުރެވިފައި ބިމުން 30’000އަކަފޫޓް (ތިރީސްހާސް އަކަފޫޓު) ގެ ބިން ކަނޑައެޅުމަށާއި، މިބިމުގައި ހިތަދޫ ގޭދޮށު މަސްޕްލާންޓްގެ ސްކޯޕްގެ ތެރޭގައި ހިމެނޭ އެންމެހާ މަސައްކަތް ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ޤަވާޢިދާއި އެއްގޮތަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. 

 ތާއީދު ކުރެއްވި: ކައުންސިލަރ، އަޙްމަދު ސަޢީދު  

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ މުޙައްމަދު ފައިޞަލް 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 10 ވޯޓް

ވޯޓުގައި ބައިވެރިވި: 11 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/109

ތާރީޚް: 29 ނޮވެމްބަރ 2021