އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫ އަވަށުގެ ބޮމާ ފަންނު މައިޒާން ތަރައްޤީކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހަމަޖެއްސުން

13 އޮކްޓޯބަރ 2021     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2021/110

ބޭއްވުނު ތާރީޚް:13 އޮކްޓޯބަރު 2021

ޖަލްސާ: 2021ވަނަ އަހަރުގެ 34 ވަނަ ރަސްމީ ޖަލްސާ(4ވަނަ ކައުންސިލްގެ 20 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ހުޅުދޫ އަވަށުގެ ބޮމާ ފަންނު މައިޒާން ތަރައްޤީކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހަމަޖެއްސުން

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ، ޙުސައިން ފައިޒުއްރަޙްމާން  

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ހުޅުދޫ އަވަށުގައި މުނިފޫހި ފިލުވުމަށާއި، މޫދަށް އެރި ހިތްފަސޭހަ ކޮށްލުމަށް ރަނގަޅު ފެންވަރުގެ ފިނި މައޒާނެއް ހެދިފައި ނުވާތީ، މިފަދަ މައިޒާނެއް އަމިއްލަ ގޮތުން ތަރައްޤީކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ޢާއްމުކޮށް އިޢުލާނު ކުރުމަށާއި، މިގޮތުން ކުރެވޭ އިޢުލާނާއި ގުޅިގެން ހުށަހެޅޭ ޕްރޮޕޯސަލްތަކަށް ބަލައި މިފަދަ މައިޒާނެއް ތަރައްޤީކޮށް ބަލަހައްޓައިދޭނެ ފަރާތެއް ކަނޑައެޅުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. 

 ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު ޞާލިޙާ    

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ޙުސައިން ފައިޒުއްރަޙްމާން   

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 10 ވޯޓް

ވޯޓުގައި ބައިވެރިވި: 11 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/110

ތާރީޚް: 13 އޮކްޓޯބަރ 2021