އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް މަޝްރޫޢު ފެރީ ގިމަތައަށް ބިން ކަނޑައެޅުމާއި، ފެރީ ލަފާ ފުރުމަށް ބޭނުންވާ ސަރަހައްދު ކަނޑައެޅުން

21 އޮކްޓޯބަރ 2021     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2021/111

ބޭއްވުނު ތާރީޚް:21 އޮކްޓޯބަރު 2021

ޖަލްސާ: 2021ވަނަ އަހަރުގެ 35 ވަނަ ރަސްމީ ޖަލްސާ(4ވަނަ ކައުންސިލްގެ 21 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް މަޝްރޫޢު ފެރީ ގިމަތައަށް ބިން ކަނޑައެޅުމާއި، ފެރީ ލަފާ ފުރުމަށް ބޭނުންވާ ސަރަހައްދު ކަނޑައެޅުން

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ އާމިނަތު ޞާލިޙާ  

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު،

  • މީހުން ދިރިއުޅޭ ހުރިހާ ރަށެއް، ޤައުމީ ފެރީގެ ވިއުގައަކުން ގުޅުވާލުމަށް ސަރުކާރުން ކުރިއަށްގެންދަވާ "އިންޓެގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ފެރީ ގިމަތައަށް ބިން ކަނޑައެޅުމާއި ފެރީ ލަފާފުރުމަށް ޚާއްޞަ ސަރަޙައްދެއް ކަނޑައެޅުމާއި ގުޅޭގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ނަންބަރު:221-PPIR/2021/231 (15 ޖުލައި 2021) ސިޓީ ލިބިފައިވުމާއި،

މި މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއި ޙަވާލުކުރައްވައިގެން ކުރިއަށް ގެންދަވާ މަޝްރޫޢުއެއް ކަމަށާއި، މި މަޝްރޫޢުގެ އަމާޒަކީ 2023 ގެ ނިޔަލަށް ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއް، ޤައުމީ ފެރީގެ ވިއުގައަކުން ގުޅުވާލުން ކަމަށް ވުމާއި،

މި މަޝްރޫޢުގެދަށުން އައްޑޫސިޓީ ހިތަދޫގައި ރީޖަނަލް ފެރީ ޓާމިނަލެއް އެޅުމަށް 8000 އަކަފޫޓް ބިން ބޭނުންވާތީއާއި ފެރީ ލަފާ ފުރުމަށް ބަނދަރުގެ ތޮށްޓާއި ކައިރިން ދިގުމިނުގައި 80ފޫޓް ފުޅާމިނުގައި 40 ފޫޓުގެ ޖާގަ ބޭނުންވުމާއި، މީގެ އިތުރަށް ހުޅުދޫ-މީދޫ ގައި މިހާރުހުރި ފެރީޓާމިނަލް އާއި ފޭދޫގައި ހުރި ފެރީޓާމިނަލް މި މަޝްރޫޢުގައި ބޭނުންކުރާގޮތަށް ހަމަޖެހިފައިވުމާއި، ފެރީ ގިމަތަ އެޅުމަށް ބިން ކަނޑައެޅުމުގައި ކައުންސިލްގެ ފަރާތުން ނަގަންޖެހޭ ހުއްދަތަކާއި އިޖުރާޢަތްތައް ފުރިހަމަކޮށް ނިމުމުން، ފެރީގިމަތަ ޢިމާރާތްކުރުމާއި އޮޕަރޭޓް ކުރުމުގެ ބޭނުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި ކައުންސިލުން މި ބިން  ޙަވާލުކުރުމަށް މި މަޝްރޫޢާއިގުޅޭ ލިޔުންތަކުގައި ބަޔާންކޮށްފައިވުމާއި، އަދި މެނޭޖްމަންޓް އެގްރިމެންޓެއްގެދަށުން ފެރީ ގިމަތަ ބެލެހެއްޓުން ކައުންސިލާއި ޙަވާލުކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އެ ލިޔުމުގައިބަޔާން ކުރެވިފައި ވާތީއާއި،  

އައްޑޫސިޓީގެ ޢާންމު ފެރީ އަދި ބަހުގެ ޚިދުމަތް 01 ޖުލައި 2021 އިން ފެށިގެން އެމް.ޓީ.ސީ.ސީ އާއި ޙަވާލުވެފައިވުމާއިއެކު، އައްޑޫސިޓީއާއި ފުވައްމުލައްސިޓީ ގުޅުވާލެވޭ ފެރީގެ ޚިދުމަތް ހަރުދަނާ ކުރުމުގެ ގޮތުން ފެރީ ލަފާފުރުމަށް ޚާއްޞަ ސަރަޙަދެއް ކަނޑައަޅާ ފެރީ ޓާރމިނަލްއެއް އެޅުމަށް 5000 އަކަފޫޓް ބިން ހަމަޖައްސައިދިނުމަށް އެމް.ޓީ.ސީ.ސީއިން އެދި ވަޑައިގަތުމުން، ހިތަދޫ ބަނދަރުން 5000 އަކަފޫޓުގެ ބިމެއް އެމް.ޓީސީ.ސީ އާއި ޙަވާލުކުރުމަށް ކައުންސިލްގެ މި އަހަރުގެ 29 ވަނަ ރަސްމީ ޖަލްސާގައި ނިންމާފައިވުމާއި، އަދި އެބިން އެމް.ޓީ.ސީ.ސީ އަށް ދިނުމަށް ކައުންސިލުން ނިންމިކަން މި އިދާރާގެ ނަންބަރު: 426-AB/MTCC/2021/18 (26 ސެޕްޓެންބަރު 2021) ސިޓީއިން އެމް.ޓީ.ސީ.ސީ ގައި ދެންނެވިފައިވުމާއި، 

ސަރުކާރުން ކުރިއަށްގެންދަވާ "އިންޓެގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ދަށުން ހިތަދޫގައި ރީޖަނަލް ފެރީޓާމިނަލެއް އެޅުމަށް ހަމަޖައްސަވާ ފައިވާއިރު އެ މަސައްކަތަކީވެސް އެމް.ސީ.ސީ އާއި ޙަވާލުކުރައްވައިގެން ކުރިއަށް ގެންދަވާ މަސައްކަތަކަށްވާތީ އާއި މިއީ ހަމަ އެއް ބޭނުމެއްގައި ކުރިއަށް ގެންދެވޭ މަސައްކަތްތަކެއްކަން ފާހަގަކުރެވޭތީ،

އިސްވެ ބަޔާން ކުރެވިފައިވާ ކަންކަމަށް ރިޢާޔަތްކުރުމަށްފަހު،"އިންޓެގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ފެރީ ގިމަތައަށް ބިން ކަނޑައެޅުމާއި ފެރީ ލަފާފުރުމަށް ޚާއްޞަ ސަރަޙައްދެއް ހިތަދޫ ބަނދަރުން ކަނޑައެޅުމަށް ފެންނާތީ، ހިތަދޫ ބަނދަރުން 5000 އަކަފޫޓުގެ ބިމެއް އެމް.ޓީސީ.ސީ އާއި ޙަވާލުކުރުމަށް ކައުންސިލްގެ ނަމްބަރު 426-B(4)/2021/085 ނިންމުމުން،  ނިންމާފައިވާ ނިންމުން ބާޠިލްކުރުމަށާއި، އެމް.ޓީ.ސީ.ސީ އަށް ބިން ދިނުމުގެ ބަދަލުގައި "އިންޓެގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢު އަށް ބޭނުންވާ 8000 އަކަފޫޓުގެ ބިމާއި ފެރީ ލަފާފުރުމަށް ބޭނުންވާ 80×40 ފޫޓުގެ ސަރަޙައްދު ހިތަދޫ ބަނދަރުން ކަނޑައަޅައި، އެ މަޝްރޫޢުގެ މަސައްކަތަށް މިބިން ދޫކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. 

 ތާއީދު ކުރެއްވި: ކައުންސިލަރ، ޙުސައިން ޒަރީރު    

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ އަޙްމަދު ސަޢީދު   

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 08 ވޯޓް

ވޯޓުގައި ބައިވެރިވި: 08 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/111

ތާރީޚް: 21 އޮކްޓޯބަރ 2021