ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B (4)/2021/113 |
|
ބޭއްވުނު ތާރީޚް:21 އޮކްޓޯބަރު 2021 |
ޖަލްސާ: 2021ވަނަ އަހަރުގެ 35 ވަނަ ރަސްމީ ޖަލްސާ(4ވަނަ ކައުންސިލްގެ 21 ވަނަ ޖަލްސާ) |
މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: އައްޑޫ ސިޓީ ގައި ކައުންސިލްގެ އިދާރާއިން ފޯރުކޮށްދެވޭ ޓްރާންސްޕޯޓް ގެ ޚިދުމަތުގައި ހިމެނޭ ދުއްވުމުގެ އަމަލީ އިމްތިހާން ގަވާއިދާއި އެއްގޮތަށް ފުރިހަމައަށް ފޯރުކޮށްދިނުމަށްޓަކައި ރަނގަޅު ފެންވަރުގެ ޑްރައިވިންގ ޓްރެކެއް އެޅުމަށް ބިން ހަމަޖެއްސުން. |
||||
މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އައްޑޫ ސިޓީގައި އެއްގަމު އުޅަނދު ދުއްވުމުގެ ޕްރެކްޓިކަލް ޓެސްޓް ދިނުމަށް މިހާރު ހަމަޖެހިފައިވާ ތަނުގައި ދުއްވުމުގެ އަމަލީ އިމްތިހާން ކުރިއަށް ގެންދަން އުނދަގޫވުމުގެ ޝަކުވާ އާއްމުންގެ ފަރާތުން ލިބެމުން ދިއުމާއި ގުޅިގެން އައްޑޫސިޓީ ގައި ޑްރައިވިންގ ޓްރެކެއް ގާއިމުކުރުމަކީ މުހިންމުކަމެއް ކަމަށް ޤަބޫލު ކުރެވޭތީއާއި، ދުއްވުމުގެ އިމްތިހާން މަގުމަތީގައި ކުރިއަށް ގެންދިއުމަކީ، ރައްކާތެރިކަމެއް ކަމުގައި ނުފެންނާތީ އަދި ސިޓީ ކައުންސިލްގެ ޓްރާންސްޕޯޓް އިން އާއްމުންނަށް މިހާރު ދެވޭ ޚިދުމަތްތައް ފެންވަރު ރަނގަޅު ކުރުމަށް ޑްރައިވިންގ ޓްރެކެއް އެޅުމަކީ މުހިންމު ކަމެއް ކަމުގައި ފެންނާތީ، އައްޑޫ ގައި ރަނގަޅު ފެންވަރުގެ ޑްރައިވިންގ ޓްރެކެއް ހެދުމުގެ މުހިންމުކަން ބޮޑުކަމުން ކައުންސިލްގެ ނަމްބަރ 426-B(3)/2020/14 ނިންމުމުން މިފަދަ ޓްރެކެއް އެޅުމަށް ސިޓީ ސްކުއަރ ގެ އުތުރު ސަރަޙައްދުން ބިމެއް ހަމަޖެއްސުމަށްނިންމާފައިވީ ނަމަވެސް މިހާރު އެބިމުގެ ބަދަލުގައި، ހިރާސްކޫލް ހިމެނޭ ސަރަޙައްދުން ޗާޓުގައި ފާހަގަކޮށްފައިވާ ބިން ޑްރައިވިންގ ޓްރެކް އެޅުމަށް ކަނޑައެޅުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
||||
ތާއީދު ކުރެއްވި: ކައުންސިލަރ، އަޙްމަދު ސަޢީދު |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ޙުސައިން ޒަރީރު |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 01 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 08 ވޯޓް |
ވޯޓުގައި ބައިވެރިވި: 09 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
