އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ކައުންސިލްގެ އައްޑޫ ރައްޔިތުންގެ ޓްރަސްޓް ފަންޑުގެ ހިންގާ ކޮމޓީ އެކުލަވާލުމުގައި ކައުންސިލުން ގޮތެއް ނިންމުން

27 އޮކްޓޯބަރ 2021     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2021/114

ބޭއްވުނު ތާރީޚް:27 އޮކްޓޯބަރު 2021

ޖަލްސާ: 2021ވަނަ އަހަރުގެ 36 ވަނަ ރަސްމީ ޖަލްސާ(4ވަނަ ކައުންސިލްގެ 22 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީ ކައުންސިލްގެ އައްޑޫ ރައްޔިތުންގެ ޓްރަސްޓް ފަންޑުގެ ހިންގާ ކޮމޓީ އެކުލަވާލުމުގައި ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް: ޢާއްމު ކޮމިޓީ   

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އައްޑޫ ރައްޔިތުންގެ ޓްރަސްޓް ފަންޑް " ގެ ޓްރަސްޓް ސްޓޭޓްމަންޓްގެ ޖަދުވަލު 2 ގައި ބަޔާން ކުރާ ޓްރަސްޓް ފަންޑްގެ ހިންގާ ކޮމިޓީގެ މެމްބަރުން ކަނޑައަޅުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން، އިޢުލާނުގައި ކަނޑައެޅިފައިހުރި ދާއިރާތަކުގެ ތެރެއިން އިޖްތިމާޢީ ދާއިރާއިން 3  ބޭފުޅަކު ، އަދި ޢާއްމު ރައްޔިތުންގެ ފަރާތުން 2 ބޭފުޅަކު ކުރިމަތިލާފައިވުމާއި،

 

މި 2 ދާއިރާއިން ވެސް ކޮމިޓީގައި ހިމަނަން ޖެހެނީ ކޮންމެ ދާއިރާއަކުން 1 މެމްބަރު ކަމަށްވަތީ، މި 2 ދާއިރާއަށް ހުށަހަޅާފައިވާ އެޕްލިކޭޝަންތައް ކޮމިޓީގެ މަސައްކަތު މަރުހަލާގައި ދިރާސާކޮށް، އިޖްތިމާޢީ ދާއިރާއިން ހުށަހަޅާފައިވާ މެމްބަރުންގެ ތެރެއިން ސ.މީދޫ ނޫރާނީވާދީ އަލްފާޟިލާ ޝަފްނާ އަޙްމަދުދީދީ، އަދި  ޢާއްމު ރައްޔިތުންގެ ތެރެއިން ހުށަހަޅާފައިވާ މެމްބަރުންގެ ތެރެއިން ސ.ހިތަދޫ ނޮވެމްބަރުގެ އާމިނަތު ޢަލީ ޓްރަސްޓް ފަންޑު ކޮމިޓީގެ މެމްބަރުގެ ގޮތުގައި ހިމެނުމަށާއި، އައްޑޫ ސިޓީ ކައުންސިލްގެ އައްޑޫ ރައްޔިތުންގެ ޓްރަސްޓް ފަންޑް ގެ "ޓްރަސްޓް ސްޓޭޓްމަންޓް"ގެ ޖަދުވަލު 2 ގައި ޓްރަސްޓް ފަންޑްގެ ހިންގާ ކޮމިޓީގެ މެމްބަރުން ކަނޑައަޅުއްވާނީ، އައްޑޫސިޓީ ކައުންސިލުން ކަމަށް ބަޔާންކުރެވިފައިވުމާއެކު،

 

ޓްރަސްޓް ފަންޑުގެ ސްޓޭޓްމަންޓްގައި ފާހަގަ ކުރެވިފައިވާ ދާއިރާތަކުން މެމްބަރުން ހިމަނައި، ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް ތިރީގައި ބަޔާން ކުރެވިފައިވާ ތާވާލުގައި ހިމެނޭ މެމްބަރުން، އައްޑޫސިޓީކައުންސިލްގެ 4 ވަނަ ދައުރުގެ ޓްރަސްޓް ފަންޑުގެ ހިންގާ ކޮމިޓީގެ މެމްބަރުންގެ ގޮތުގައި ކަނޑައެޅުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

 

#

ނަމާއި އެޑްރެސް

ދާއިރާ (ވަޒީފާ އަދާކުރާތަން)

ކޮމިޓީގައި ބައިވެރިވެވޭ ޙައިސިއްޔަތު

1

އަލްފާޟިލް ޢަލީ ނިޒާރު، އެމްޓޭޝަންގެ / ސ.ހިތަދޫ

އައްޑޫ ސިޓީ ކައުންސިލް

އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރ

(ކޮމިޓީގެ ޗެއަރޕާސަން)

2

އަލްފާޟިލް ޙުސައިން ފައިޒުއްރަޙުމާން،ފުލިދޫގެ / ސ.ހުޅުދޫ

އައްޑޫ ސިޓީ ކައުންސިލް

ކައުންސިލުން ކަނޑައަޅާ ކައުންސިލް މެމްބަރ

3

އަލްފާޟިލާ ނުސްރަތު ރަޝީދު، ސަބާޙީމަންޒިލް / ސ.މަރަދޫ

އަންހެނުންގެ ކޮމެޓީ

ކޮމެޓީއިން ކަނޑައަޅާ މެމްބަރ

4

އަލްފާޟިލް މުޙައްމަދު ޙަލީމް،އަނޯނާގެ / ސ.ހިތަދޫ

އައްޑޫ ސިޓީ ކައުންސިލް

ކައުންސިލްގެ ޒިންމާދާރުވެރިޔާ

5

އަލްފާޟިލާ ޝަފްނާ އަހުމަދު ދީދީ، ތަރުވަރު / ސ.ހިތަދޫ

އައްޑޫ ސިޓީ

އިޖްތިމާޢީ ދާއިރާ

6

އަލްފާޟިލް މުހައްމަދު ވަހީދު،މޫންލައިޓް / ސ.ފޭދޫ

އައްޑޫ ސިޓީ

ފަތުރުވެރިކަމާއި ގުޅޭ ދާއިރާ

7

އަލްފާޟިލް އަހުމަދު ހިސާމް، ވެނެސިއާ / ސ.ހިތަދޫ

އައްޑޫ ސިޓީ

ސިނާޢަތާއި ގަނެވިއްކުމުގެ ދާއިރާ

8

އަލްފާޟިލާ އާމިނަތު އަލީ، ނޮވެމްބަރގެ / ސ.ހިތަދޫ

އައްޑޫ ސިޓީ

ޢާންމު ރައްޔިތުންގެ ތެރެއިން

 

 

 ތާއީދު ކުރެއްވި: ކައުންސިލަރ، ޙުސައިން ޒަރީރު    

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ އަޙްމަދު ސަޢީދު   

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 10 ވޯޓް

ވޯޓުގައި ބައިވެރިވި: 11 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/114

ތާރީޚް: 27 އޮކްޓޯބަރ 2021