އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ފޭދޫ ޓުއަރިޒަމް ޒޯން ލޭންޑް ސްކޭޕިންގ އާއި ގުޅިގެން ޓުއަރިޒަމް ކޮމިޓީގެ މަސައްކަތު މަރުހަލާގައި ނިމިފައިވާ ގޮތާއި މެދު ކައުންސިލުން ގޮތެއް ނިންމުން.

27 އޮކްޓޯބަރ 2021     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2021/115

ބޭއްވުނު ތާރީޚް:27 އޮކްޓޯބަރު 2021

ޖަލްސާ: 2021ވަނަ އަހަރުގެ 36 ވަނަ ރަސްމީ ޖަލްސާ(4ވަނަ ކައުންސިލްގެ 22 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ފޭދޫ ޓުއަރިޒަމް ޒޯން ލޭންޑް ސްކޭޕިންގ އާއި ގުޅިގެން ޓުއަރިޒަމް ކޮމިޓީގެ މަސައްކަތު މަރުހަލާގައި ނިމިފައިވާ ގޮތާއި މެދު ކައުންސިލުން ގޮތެއް ނިންމުން.

މައްސަލަ ހުށަހެޅި ފަރާތް: ޓުއަރިޒަމް ކޮމިޓީ    

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މި އިދާރާއާއި އައިރިން އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް އާއި ދެމެދު އެއްބަސް ވެގެން ކުރިއަށް ގެންދާ ފޭދޫ ޓޫރިޒަމް ޒޯންގެ މަސައްކަތާއި ގުޅިގެން، އައިރިން އެންޓަރޕްރައިސެސް ޕްރައިވެޓް ލިމިޓެޑް އިން ހުށަހަޅާފައިވާ ކަންކަންކަމާއި ގުޅޭ ގޮތުން ކައުންސިލްގެ ޓުއަރިޒްމް ކޮމިޓީގެ މަސައްކަތު މަރުހަލާގައި ކޮންޓްރެކްޓަރ އާއި އެކީ ބޭއްވުނު މަޝްވަރާ ބައްދަލުވުން ތަކުގައި ފާހަގަ ކުރެވުނު ކަންކަމަށް ބަލާއިރު،

08 އެޕްރީލް 2021 ގައި ހުށަހަޅަފައިވާ ކޮންސެޕްޓްގައި ފޭދޫ ޓުއަރިޒަމް ޒޯންގެ މެދުގައިވާ މަގުގެ ދެފަރާތުގައި ޕޭވްމަންޓް ނުހިމަނައި މަސައްކަތް ކުރިޔަށް ގެންދާގޮތަށް ހުށަހަޅާފައިވާކަމަށާއި، މި ކޮންސެޕްޓްގައި ވާގޮތަށް މަސައްކަތް ކުރިއަށް ގެންދާއިރު ފޭދޫ ޓޫރިޒަމް ޒޯންގައި ބްލޮކްސް އެޅުމުގެ ބަދަލުގައި ޕޭވްމަންޓް ކޮމްޕެކްޓްކޮށް ވިނަ އިންދުމަށް އެ ކޮންސެޕްޓްގައި ހުށަހަޅާފައިވުމާއި، 12 ސެޕްޓެމްބަރ 2021 ގައި ބޭއްވުނު ޓުއަރިޒަމް ކޮމިޓީގެ މަޝްވަރާ ބައްދަލު ވުމުގައި މިގޮތަށް ކޮންސެޕްޓް ތައްޔާރުކޮށް ބްލޮކްސް ނާޅާ މަސައްކަތް ކުރިޔަށް ގެންދާގޮތަށް ނިންމާފައިވުމާއިގުޅިގެން،

 އިސްވެ ބަޔާން ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ފޭދޫ ޓުއަރިޒަމް ޒޯންގެ މަސައްކަތް ފެށުމުގެ ކުރިން ލޭންޑް ސްކޭޕިންގް ޑިޒައިންއާއި އަދި ޑިޒައިންތަކާއި ގުޅުންހުރި ޑޮކިއުމެންޓްސް ތަކުގައި އައްޑޫސިޓީ ކައުންސިލް އަދި އައިރިން އެންޓަރޕްރައިސެސް ޕްރައިވެޓް ލިމިޓެޑްއިން ސޮއިކުރުމަމަށްފަހު، ޤަވާޢިދާއި އެއްގޮތަށް ފޭދޫ ޓުއަރިޒަމް ޒޯންގެ މަސައްކަތް ކުރިޔަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު ސަލްމާ   

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ އަޙްމަދު ސަޢީދު     

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 11 ވޯޓް

ވޯޓުގައި ބައިވެރިވި: 11 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/115

ތާރީޚް: 27 އޮކްޓޯބަރ 2021