އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގެ މަރަދޫ އަވަށުގައި ދައުލަތުން ޚަރަދު ކުރައްވައިގެން މިއަހަރު ބިނާ ކުރުމަށް ހަމަޖެހިފައިވާ މިސްކިތް ޢިމާރާތް ކުރުމަށް ބިން ހަމަޖެއްސުން.

27 އޮކްޓޯބަރ 2021     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2021/116

ބޭއްވުނު ތާރީޚް:27 އޮކްޓޯބަރު 2021

ޖަލްސާ: 2021ވަނަ އަހަރުގެ 36 ވަނަ ރަސްމީ ޖަލްސާ(4ވަނަ ކައުންސިލްގެ 22 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީގެ މަރަދޫ އަވަށުގައި ދައުލަތުން ޚަރަދު ކުރައްވައިގެން  މިއަހަރު ބިނާ ކުރުމަށް ހަމަޖެހިފައިވާ މިސްކިތް ޢިމާރާތް ކުރުމަށް ބިން ހަމަޖެއްސުން.

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން .     

ނިންމުން

މައްސަލަ ނިމުނުގޮތް:

 " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އައްޑޫސިޓީގެ މަރަދޫ އަވަށުގައި ދައުލަތުގެ ޚަރަދުގައި މިއަހަރު ބިނާ ކުރުމަށް ހަމަޖެހިފައިވާ މިސްކިތް ޢިމާރާތް ކުރުމަށް ބިން ހަމަ ޖައްސަވައި ދެއްވުން އެދި  މައްސަލައާއި އެކު ހުށަހަޅާފައިވާ ޗާޓްގައި ފާހަގަކުރެވިފައިވާބިން (މަރަދޫ ބަނދަރު ސަރަހައްދުގައި ޗާޓުގައި ފާހަގަ ކުރެވިފައިވާ ބިން) ކަނޑައަޅައި، މިބިމުގައި ދައުލަތުގެ ޚަރަދުގައި މަރަދޫ އަވަށުގައި ޤާއިމު ކުރެވޭ ޒަމާނީ ފެންވަރުގެ ރީތި މިސްކިތް ބިނާ ކުރުމުގެ މަސައްކަތް ޤަވާޢިދާއި އެއްގޮތަށް ކުރިއަށް ގެންދެވޭނެ އިންތިޒާމް  ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އަޙްމަދު ނާދިރު  

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ޚާލިދާ މުޙައްމަދު    

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 11 ވޯޓް

ވޯޓުގައި ބައިވެރިވި: 11 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/116

ތާރީޚް: 27 އޮކްޓޯބަރ 2021