ކައުންސިލްގެ ނިންމުން
|
ނިންމުން ނަންބަރު: 426-B (4)/2021/117 |
|
|
ބޭއްވުނު ތާރީޚް:27 އޮކްޓޯބަރު 2021 |
ޖަލްސާ: 2021ވަނަ އަހަރުގެ 36 ވަނަ ރަސްމީ ޖަލްސާ(4ވަނަ ކައުންސިލްގެ 22 ވަނަ ޖަލްސާ) |
|
މައްސަލަ |
||||
|
ހުށަހެޅުނު މައްސަލަ: އައްޑޫސިޓީގެ މަރަދޫ، މަރަދޫ ފޭދޫ އަދި ފޭދޫ އަވަށުގައި ޕަބްލިކްވާރކްސްގެ ޚިދުމަތް އެކަށީގެންވާ ގޮތުގައި ފޯރުކޮށް ދިނުމަށް ބޭނުންވާ އެންމެހާ ވަސީލަތްތައް ޤާއިމުކުރުމުގައި ކައުންސިލުން ގޮތެއް ނިންމުން. |
||||
|
މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ އަޙްމަދު ނާދިރު . |
||||
|
ނިންމުން |
||||
|
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، މިވަގުތު އައްޑޫސިޓީގައި މަގު ހެދުމުގެ މަސައްކަތަށް ބޭނުންކުރާ ވަޞީލަތްތައް މަދުކަން ފާހަގަކުރެވޭތީ، މި ޚިދުމަތް ދިނުމަށް ބެނުންވާ ވެހިކަލްތަކާއި ވަޞީލަތްތައް 2022 ވަނަ އަހަރުގެ ބަޖެޓްގައި ހިމަނައިގެން ހޯދޭނެ އިންތިޒާމް ހަމަޖެއްސުމަށްފަހު، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ އަވަށުގެ ރައްޔިތުންނަށް ޕަބްލިކްވާރކްސް ގެ ޚިދުމަތް ދިނުމަށް ކައުންސިލްގެ ޔުނިޓެއް ޤާއިމު ކުރުމުގެ މަސައްކަތް ހިންގުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
||||
|
ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު ސަލްމާ |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ އަޙްމަދު ސަޢީދު |
|||
|
ވޯޓް ދެއްވި ގޮތް |
||||
|
ބައިވެރިވެވަޑައިނުގަންނަވާ: 01 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 10 ވޯޓް |
ވޯޓުގައި ބައިވެރިވި: 11 ވޯޓް |
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

