އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ އަވަށު އޮފީހުގައި ހިތަދޫ ކައުންސިލަރުން މަސައްކަތްކުރުމަށް ހުރި ދަތިތަކާއި ގުޅޭގޮތުން ކައުންސިލާއި މަޝްވަރާކޮށް ގޮތެއް ނިންމުން

4 ނޮވެމްބަރ 2021     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2021/118

ބޭއްވުނު ތާރީޚް:04 ނޮވެމްބަރު 2021

ޖަލްސާ: 2021 ވަނަ އަހަރުގެ 37 ވަނަ ރަސްމީ ޖަލްސާ(4ވަނަ ކައުންސިލްގެ 23 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ހިތަދޫ އަވަށު އޮފީހުގައި ހިތަދޫ ކައުންސިލަރުން މަސައްކަތްކުރުމަށް ހުރި ދަތިތަކާއި ގުޅޭގޮތުން ކައުންސިލާއި މަޝްވަރާކޮށް ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް: މޭޔަރ އަލީ ނިޒާރު  

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ހިތަދޫ އަވަށު އޮފީހުގެ 40 އިންސައްތަ ޖާގަ މިވަގުތު ބޭނުންކުރަމުންދަނީ،  މޯލްޑިވްސް އިމިގްރޭޝަންގެ ޚިދުމަތް ދިނުމަށް ކަމަށް ވެފައި، ހިތަދޫ އަވަށު އޮފީހުގައި ކައުންސިލަރުންނާއި އޮފީސް މުވައްޒަފުން މަސައްކަތް ކުރާނެ އޮފީސްޖާގަ ނެތުމުން ހިތަދޫ އަވަށުގެ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތް ދިނުމަށް ހުރަސްތައް ކުރިމަތިވާތީ، މިމައްސަލައާއި ގުޅިގެން މޯލްޑިވްސް އެމިގްރޭޝަނާއި އެކު މަޝްވަރާ ބައްދަލުވުންތައް ކައުންސިލުން ކުރިއަށްގެންދެވިފައިވާ ކަމަށާއި،

މި މަޝްވަރާ ބައްދަލުވުންތަކުގައި ފާހަގަ ކުރެވުނު ކަންކަމަށް ބަލައި، އެމިގްރޭޝަންގެ މުވައްޒަފުން މަސައްކަތް ކުރާނެ  އޮފީސް ޖާގަ އެހެން ތަނަކުން ހަމަޖެހިފައިވާ ކަމުގެ މަޢުލޫމާތު މި ކައުންސިލަށް ލިބިފައިވުމާއެކު، ހިތަދޫ އަވަށު އޮފީހުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތް ފޯރުކޮށްދެވޭނެ މަގުފަހިކުރުމުގެ ގޮތުން މޯލްޑިވްސް އެމިގްރޭޝަން  ގެ އައްޑޫ ބްރާންޗް ހިންގުމަށް ބޭނުންކުރާ ހިތަދޫ އަވަށުއޮފީހުގެ އޮފީސް ޖާގަ ހުސްކުރުމަށް 15 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އޮފީސް ޖާގަ ހުސްކުރުމަށާއި،

މޯލްޑިވްސް އިމިގްރޭޝަން ހިތަދޫ ބްރާންޗް ހިންގާ އޮފީސް ޖާގަ ހުސްވުމުން އެ ތަނުގައި ހިތަދޫގެ ކައުންސިލަރުން މަސައްކަތް ކުރުމަށް އޮފީސްޖާގަ ޤާއިމު ކުރުމަށާއި، 2022 ވަނަ އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހިތަދޫ އަވަށު އޮފީހުގެ އެކްސްޓެންޝަން މަސައްކަތް ނިންމައި ހިތަދޫގެ ކައުންސިލަރުންނަށް މަސައްކަތް ކުރެވޭނެ ޖާގަ އެތަނުން ހޯދައިދިނުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން ވޯޓުގައި ބައިވެރިވި ކައުންސިލަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

   

 ތާއީދު ކުރެއްވި: ކައުންސިލަރ މަރްޔަމް ސަޢީދާ    

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ޙުސައިން ޒަރީރު   

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 09 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/118

ތާރީޚް: 4 ނޮވެމްބަރ 2021