އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އާއްމުވެގެންވާ މަންފާއަށްޓަކައި ނެގޭ ގޯތިތަކުގައި ކުރާނޭ ކަންކަން ކަނޑައަޅައި، އިތުރަށް ރައްޔިތުންގެ މަޝްވަރާއަށް ހުޅުވާލުމަށް ހުށަހެޅޭ މައްސަލަ

4 ނޮވެމްބަރ 2021     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2021/121

ބޭއްވުނު ތާރީޚް:04 ނޮވެމްބަރ 2021

ޖަލްސާ: 2021ވަނަ އަހަރުގެ 37 ވަނަ ރަސްމީ ޖަލްސާ(4ވަނަ ކައުންސިލްގެ 23 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ އިކުއިޓޯރިއަލް  ހޮސްޕިޓަލް (އޭ.އީ.އެޗް) ސަރަހައްދުން ބަދަލުކުރުމަށް ނިންމާފައިވާ ގޯތިތަކުގެ ވެރިފަރާތްތަކާ މަޝްވަރާކުރަމުން ގެންދާތީ، ރައްޔިތުންނާ މަޝްވަރާކުރެވޭއިރު އާއްމުވެގެންވާ މަންފާއަށްޓަކައި ކައުންސިލަށް ނެގޭ ގޯތިތަކުގައި ކުރުމަށް ނިންމާފައިވާ ކަންކަން ކަނޑައަޅައި، އިތުރަށް ރައްޔިތުންގެ މަޝްވަރާއަށް  ހުޅުވާލުމަށް ހުށަހެޅޭ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން    

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އައްޑޫ ސިޓީ ކައުންސިލްގެ ނަންބަރު 426-B(4)/2021/045 (11 ޖުލައި 2021) ކައުންސިލްގެ ނިންމުމުން، އައްޑޫ އިކުއިޓޯރިއަލް  ހޮސްޕިޓަލް (އޭ.އީ.އެޗް) ސަރަޙައްދުން ބަދަލުކުރުމަށް ނިންމާފައިވާ ގޯތިތަކުގައި މި ފޯމާއެކު ހުށަހަޅާފައިވާ ކުރެހުމުގައިވާ ފަދައިން ޢާއްމުވެގެންވާ މަންފާއަށްޓަކައި އެ ބިންތަކުގައި ކުރާނެކަންކަން ކައުންސިލުން ކަނޑައެޅުމަށާއި، އެގޮތުން ކައުންސިލުން އެބިންތަކުގައި ކުރުމަށް ކަނޑައަޅާ ކަންކަމަކީ؛

  1. ސިއްޙީ ހިދުމަތްދޭ ތަންތަން އެ ސަރަޙައްދަށް ގެނައުމަށްޓަކައި އެ ބޭނުމަށް ބިން ހަމަޖެއްސުން، އެގޮތުން ކްލިނިކް ޚިދުމަތާއި، ޑެންޓަލް ކެއާގެ ޚިދުމަތާއި، ސްކޭނިންގެ ޚިދުމަތާއި، އޮޕްޓިކަލް ޚިދުމަތާއި އަދި ފިޒިއޯ ގެ ޚިދުމަތަށް ދޭ ތަންތަނަށް ބިމުގެ ޖާގަ ހަމަޖެއްސުން.
  2. ބަލި މީހުންނަށާއި އެ ސަރަޙައްދުން ލިބެންހުރި ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކާއި އެހެނިހެން ފަރާތްތައް ތިބުމަށް ގެސްޓް ހައުސް އެޅުމަށާއި، ކެފޭ ރެސްޓޯރަންޓް (ފާސްޓް ފުޑްގެ ޚިދުމަތް) ދޭ ތަންތަން ޤާއިމުކުރުމަށާއި ފާމަސީތަކާއި ފިހާރަތަކާއި، ޖިމްތަކާއި، މާޓްތަކާއި ގިފްޓް ޝޮޕްތައް ޤާއިމުކުރުމަށް ބިން ހަމަޖެއްސުން.
  3. އައްޑޫ އިކުއިޓޯރިލް ހޮސްޕިޓަލުން ދެމުންގެންދާ ޚިދުމަތްތައް ފުޅާކުރުމަށާއި، މިހާރު ދެމުންގެންދާ ޚިދުމަތްތައް ދިނުމުގައި ޖާގައިގެ ދަތިކަން ދިމާވެފައިވާތީ، އެ ހޮސްޕިޓަލްގެ ބޭނުންތަކަށް ބިން ހަމަޖެއްސުމަށާއި، އެ ސަރަޙައްދުގެ ރައްކާތެރިކަމަށާއި ސެކިއުރިޓީގެ ބޭނުންތަކަށް ގްރީން ޒޯންގެ ގޮތުގައި ބިން ހަމަޖެއްސުމަށް.

އެހެންކަމުން މިގޮތުގެމަތިން ކަނޑައަޅާފައިވާ ކަންކަމާމެދު ރައްޔިތުންގެ މަޝްވަރާ އިތުރަށް ހޯދުމަށް ފެންނަކަމަށާއި، ޕްލޭނިންގ ސެކްޝަނުން ހުށަހަޅާފައިވާހުށަހެޅުމާއި އެއްގޮތަށް މައްސަލަ ކުރިއަށް ދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، ޙުސައިން ޒަރީރު  

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާޢު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 02   

ނުފެންނަކަމަށް: 03 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/121

ތާރީޚް: 4 ނޮވެމްބަރ 2021