| 
			 މައްސަލަ  | 
		||||
| 
			 ހުށަހެޅުނު މައްސަލަ: އެސޯސިއޭޝަން ފޯ ޑިސްއެބިލިޓީޒް ރިހެބިލިޓޭޝަން ކެއަރ ބައިނަލް އަޤްވާމީ ނުކުޅެދުންތެރިކަން ހުންނަމީހުންގެ ދުވަސް އައްޑޫސިޓީގައި ފާހަގަކުރުމުގެ ގޮތުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށްޓަކައި ކައުންސިލްގެ އެއްބާރުލުމާއި އެހީތެރިކަން ހޯދުމަށް ހުށަހަޅާ ކުއްލި މައްސަލަ  | 
		||||
| 
			 މައްސަލަ ހުށަހެޅި ފަރާތް: ސޯޝަލް ސަރވިސް ސެކްޝަން  | 
		||||
| 
			 ނިންމުން  | 
		||||
| 
			 މައްސަލަ ނިމުނުގޮތް: ބައިނަލް އަޤްވާމީ ނުކުޅެދުންތެރި ކަމުގެ ދުވަސް އައްޑޫގައި ފާހަގަ ކުރުމަށް އަމިއްލަ ޖަމުޢިއްޔާއަކުން އިސްނަންގަވައިގެން ކުރިއަށް ގެންދާކަން ކައުންސިލުން ފާހަގަ ކުރަންބޭނުންވާ ކަމަށާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީވެސް މުޖްތަމަޢުގައި މުހިއްމު ބައެއްކަން ފާހަގަކޮށް އެފަރާތްތަކަށް ޚާއްޞަކުރެވިގެން ފާހަގަކުރެވޭ މިފަދަ ދުވަހެއް ފާހަގަކުރުމަކީ މުހިއްމު ކަމެއް ކަމުގައިވާތީ، ކައުންސިލްގެ އާމްދަނީ ބަޖެޓްގެ ޖަމުއިއްޔާ ޖަމާޢަތްތަކުން ހިންގާ އެކިއެކި ޙަރަކާތްތަކަށް އެހީތެރި ވުމަށް ކަނޑައަޅާފައިވާ ބަޖެޓް ކޯޑުން މިޙަރަކާތް ކުރިއަށް ގެންދިއުމަށް 5000.00ރުފިޔާ( ފަސްހާސްރުފިޔާ)ގެ އެހީތެރިކަން ފޯރުކޮށްދެއްވުމަށް ފެންނަ ކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން ވޯޓްގެ ނަތީޖާ އެއްވަރު ވުމާއި ގުޅިގެން ރިޔާސަތުން ދެއްވި ވޯޓާއެކު މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.  | 
		||||
| 
			 ތާއީދު ކުރެއްވި: ކައުންސިލަރ، ޖަމްޝީދާ މުޙައްމަދު  | 
			
			 ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ފައިޞަލް އިބްރާހީމް  | 
		|||
| 
			 ވޯޓް ދެއްވި ގޮތް  | 
		||||
| 
			 ބައިވެރިވެވަޑައިނުގަންނަވާ:00  | 
			
			 ނުފެންނަކަމަށް: 02 ވޯޓް.  | 
			
			 ފެންނަކަމަށް: 03 ވޯޓް  | 
			
			 ވޯޓުގައި ބައިވެރިވި: 05 ވޯޓް  | 
		|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

