އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަރަދޫ މަސްމާރުކޭޓު އެޅުމަށް ބިން ކަނޑައެޅުމުގައި ކައުންސިލުން ގޮތެއް ނިންމުން

10 ނޮވެމްބަރ 2021     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2021/124

ބޭއްވުނު ތާރީޚް:10 ނޮވެމްބަރ 2021

ޖަލްސާ: 2021ވަނަ އަހަރުގެ 38 ވަނަ ރަސްމީ ޖަލްސާ(4ވަނަ ކައުންސިލްގެ 24 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

މަރަދޫ މަސްމާރުކޭޓު އެޅުމަށް ބިން ކަނޑައެޅުމުގައި ކައުންސިލުން ގޮތެއް ނިންމުން.

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން    

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، 2021 ވަނަ އަހަރު ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ޕީ.އެސް.އައި.ޕީ ބަޖެޓުގައި ކަނޑައެޅިފައިވާ ޙަރަކާތްތަކުގެ ތެރޭގައި ހިމެނިގެން އައްޑޫސިޓީ މަރަދޫ މަސްމާރުކޭޓު ޢިމާރާތް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވުމާއެކު، މިޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ޓަކައި، ލޯކަލްގަވަމްންޓް އޮތޯރިޓީއިން މި އިދާރާއާއި މި މަސައްކަތް ޙަވާލުކޮށް 28 މާރިޗް 2021ގައި އެއްބަސްވުމެއްގައި ސޮއި ކުރެވިފައިވާކަން ފާހަގަކުރެވޭކަމަށާއި،

މި އެއްބަސްވުމުގައި ބަޔާން ކުރެވިފައިވާގޮތުން، މަޝްރޫޢުގެ ނަމަކީ، އައްޑޫސިޓީ މަރަދޫ މަސްމާރުކޭޓް އެޅުމުގެ ޕްރޮޖެކްޓްކަމަށާއި، މަޝްރޫޢުގެ ބެލެނިވެރި ފަރާތަކީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީކަމަށާއި، މި މަޝްރޫޢު ހިންގޭ ތަނަކީ، ސ. މަރަދޫ ކަމާއި އަދި މަޝްރޫޢު ކުރިއަށް ގެންދާ ފަރާތަކީ، އައްޑޫސިޓީ ކައުންސިލް ކަން ފާހަގަ ކުރެވިފައިވުމާއި، މި މަސައްކަތަކީ މި އިދާރާގެ ޕްރޮޖެކްޓް ސެކްޝަނުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި މަސައްކަތެއްކަން ފާހަގަކޮށް ބިން ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ބިމުގެ ކުރެހުމާއި ޕްރޮޖެކްޓާއި ގުޅޭ މަޢުލޫމާތު ޙިއްޞާކުރެވިފައިވުމާއި،

  •    އެޅުމަށް ހަމަޖައްސާ ބިމަކީ މަރަދޫ ބަނދަރުގެ ބޭރު ތޮށިން ހިއްކާފައިވާ ބިންކަމަށާއި،  މަސްމާރުކޭޓު އެޅުމަށް ބޭނުންވާ ބިމުގެ ބޮޑުމިނަކީ 2857.53 އަކަފޫޓް ކަން ހުށަހަޅާފައިވާ ޗާޓުގެ، ބިމުގެ ލޮކޭޝަން މިންތަކުގައި ފާހަގަކުރެވިފައިވުމާއި، މި މަސައްކަތަކީ 2021 ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީ ބަޖެޓުގައި ހިމެނިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތަކަށްވާތީ، އިސްވެ ބަޔާން ކުރެވިފައިވާ ގޮތުގެމަތިން، މަރަދޫ މަސްމާރުކޭޓްގެ މަސައްކަތް އަވަހަށް ފެށޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން، މައްސަލަ އާއި އެކު ހުށަހަޅާފައިވާ ޗާޓުގައި ފާހަގަކޮށްފައިވާ ބިން ދެކުނަށް ޖެއްސުމަށްފަހު ހުށަހެޅުމުގައި ބަޔާން ކުރެވިފައިވާ ސައިޒުގެ ބިމެއް މަރަދޫ

މަސްމާރުކޭޓު އެޅުމަށް ޤަވާޢިދާއި އެއްގޮތަށް ކަނޑައެޅުމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ، ޙުސައިން ފައިޒުއްރަޙްމާން

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ އަޙްމަދު ނާދިރު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 10 ވޯޓް

ވޯޓުގައި ބައިވެރިވި: 11 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/124

ތާރީޚް: 10 ނޮވެމްބަރ 2021