އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހައި އިމްޕެކްޓް ކޮމިއުނިޓީ ޑެވެލޮޕްމަންޓް ޕްރޮޖެކްޓްގެ 2 ޕްރޮޖެކްގެ މެނޭޖަރުންގެ ކޮންޓްރެކްޓް މުއްދަތު ހަމަވެފައިވާތީ ލަފައަކަށް އެދި

25 ނޮވެމްބަރ 2021     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2021/129

ބޭއްވުނު ތާރީޚް:25 ނޮވެމްބަރ 2021

ޖަލްސާ: 2021ވަނަ އަހަރުގެ 40 ވަނަ ރަސްމީ ޖަލްސާ(4ވަނަ ކައުންސިލްގެ 26 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

03 ވަނަ ދައުރުގެ ނަމްބަރު 426-BR(3)2020/81 ކައުންސިލްގެ ނިންމުމާއި ގުޅިގެން ނެގިފައިވާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑެވެލޮޕްމަންޓް ޕްރޮޖެކްޓްގެ 2 ޕްރޮޖެކްގެ މެނޭޖަރުންގެ ކޮންޓްރެކްޓް މުއްދަތު ހަމަވެފައިވާތީ ލަފައަކަށް އެދި

މައްސަލަ ހުށަހެޅި ފަރާތް: އެޗް އާރް ސެކްޝަން    

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، 03 ވަނަ ދައުރުގެ ނަމްބަރު 426-BR(3)2020/81 ކައުންސިލްގެ ނިންމުމާއި ގުޅިގެން ނެގިފައިވާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑެވެލޮޕްމަންޓް ޕްރޮޖެކްޓްގެ 2 ޕްރޮޖެކްޓްގެ މެނޭޖަރުންގެ ކޮންޓްރެކްޓް މުއްދަތު 6 މަހަށް އިތުރުކުރުމަށާއި މިގޮތަށް މުއްދަތު އިތުރުކުރާއިރު ޕާރފޯމެންސް ބޭސްޑް މުސާރައެއް ކަނޑައެޅުމަށް ދެ ކެޓެގަރީއެއް ކަނޑައަޅައި ފުރަތަމަ ކެޓެގަރީގެ ގޮތުގައި /-25،000 މުސާރަލިބޭ މުވައްޒަފަށް އަސާސީ މުސާރައިގެ ގޮތުގައި /-15،000 ރުފިޔާ، ހާޒިރީ އެލަވަންސްގެ ގޮތުގައި ނިކުންނަ ކޮންމެ ދުވަހަކަށް /-310 ރުފިޔާގެ މަގުން ޖުމްލަ /-8060 ރުފިޔާ، ދަތުރު އެލަވަންސްގެ ގޮތުގައި /-900 ރުފިޔާ އަދި ފުޑް އެލަވަންސް ގެ ގޮތުގައި /-1040 ރުފިޔާ ކަނޑައެޅުމަށް، އަދި ދެވަނަ ކެޓެގަރީގެ ގޮތުގައި /-20،000 ރުފިޔާ މުސާރަލިބޭ މުވައްޒަފަށް އަސާސީ މުސާރައިގެ ގޮތުގައި /-11560 ރުފިޔާ، ހާޒިރީ އެލަވަންސްގެ ގޮތުގައި ނިކުންނަ ކޮންމެ ދުވަހަކަށް /-250 ރުފިޔާގެ މަގުން ޖުމްލަ /-6500 ރުފިޔާ، ދަތުރު އެލަވަންސްގެ ގޮތުގައި /-900 ރުފިޔާ އަދި ފުޑް އެލަވަންސް ގެ ގޮތުގައި /-1040 ރުފިޔާ ކަނޑައެޅުމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. 

 ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު ސަލްމާ

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޙުސައިން ފައިޒުއްރަޙްމާން   

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 10 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/129

ތާރީޚް: 25 ނޮވެމްބަރ 2021