ކައުންސިލްގެ ނިންމުން
|
ނިންމުން ނަންބަރު: 426-B (4)/2021/132 |
|
|
ބޭއްވުނު ތާރީޚް:25 ނޮވެމްބަރ 2021 |
ޖަލްސާ: 2021ވަނަ އަހަރުގެ 40 ވަނަ ރަސްމީ ޖަލްސާ(4ވަނަ ކައުންސިލްގެ 26 ވަނަ ޖަލްސާ) |
|
މައްސަލަ |
||||
|
ހުށަހެޅުނު މައްސަލަ: ޢުމްރާނީ ތަރައްޤީއާއި ގުޅުން ހުރި ކަންކަމުގައި ޔުޓިލިޓީޒްއާއި، ޓެލެފޯނާއި އިންޓަރނެޓާއި ކޭބަލްޓީވީފަދަ ޚިދުމަތް ފޯރުކޮށްދިނުމަށް ޤާއިމުކުރާ ވިއުގަ ތަކުގައި ހިމެނޭ ބައިތައް މަގާއި ޕަބްލިކް އޭރިއާ އަދި ޕާކްފަދަ ތަންތަނުގައި ކުލި ދައްކަން ނުޖެހޭ ގޮތަށް ބެހެއްޓުމުގެ ހުއްދަ ދިނުން |
||||
|
މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ ޙުސައިން ޒަރީރު |
||||
|
ނިންމުން |
||||
|
މައްސަލަ ނިމުނުގޮތް: " އާންމު ބޭނުންތަކުގެ ތެރޭގައި ހިމެނޭ އުމްރާނީ ތަރައްޤީ އާއި ގުޅުންހުރި ކަންކަމުގައި އާއި، ޔުޓިލިޓީޒް އާއި ޓެލެފޯނާއި އިންޓަނެޓާއި، ކޭބަލް ޓީވީ ފަދަ ޙިދުމަތްތައް ފޯރުކޮށްދިނުމަށް މަގާއި ޕަބްލިކް އޭރިއާ އާއި ޕާކްތަކާއި ބަނދަރު ސަރަޙައްދާއި، ސިނާއީ ސަރަޙައްދު ތަކާއި، ދަނޑުވަރިކަމާއި އަދި ފަތުވެރިކަމަށް ތަރައްޤީކުރާ ސަރަޙައްދުތައް ފަދަ ތަންތަނާއި އަދި އެހެނިހެން އާއްމު ތަންތަނުގައި ބަހައްޓަންޖެހޭ ޑިސްޓްރިބިއުޝަން ފޮށިތަކާއި، ޕަމްޕް ސްޓޭޝަންތަކާއި، ޓްރާންސްފޯމަރ ތަކާއި، އަދި ދައުލަތުން ރައްޔިތުންނަށް ހިލޭ ފޯރުކޮށްދޭ ޚިދުމަތްތަކަށް ޤާއިމްކުރެވޭ ނެޓްވޯކްތަކުގެތެރޭގައި ހިމެނޭގޮތަށް އާއްމު ސަރަޙައްދު ތަކުގައި ބަހައްޓަންޖެހޭ ވިއުގައިގެ ބައިތައް ބެހެއްޓުމަށް ނުވަތަ ޤާއިމްކުރުމަށް ބޭނުންވާ 500 އަކަފޫޓަށްވުރެ ބޮޑުނޫން ބިމާއި، އިޖުތިމާއީގޮތުން ރާވައި ހިންގޭ ހަފްލާތަކާއި އިވެންޓްތަކަށް ވަގުތީ ގޮތުން ބޭނުންކުރުމަށާއި އަދި ޒީނަތްތެރިކުރުމަށާއި އިޝްތިހާރުކުރުމަށް ބޭނުންވާ ބިން "ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ޤަވާއިދު" ނަންބަރު 2018/R-69 ގައި އާންމު ޚިދުމަތްތަކަށް ދޫކުރާ ބިންތަކުން ކުލި ނުނެގުމަށް ތަންދޭތީ، މައްސަލާއިގައި ފާހަގަކުރެވިފައިވާ ގޮތަށް، އާންމު ބޭނުންތަކަށް ދޫކުރާ ބިންތައް އައްޑޫ ސިޓީ ކައުންސިލުން ދޫކުރާއިރު، އެބިންތަކުގެ ކުލި ނުނަގާގޮތަށް ހަމަޖެއްސުމަށާއި، މިގޮތަށް ދޫކުރެވޭ ބިންތައް ދޫކުރާއިރު އެފަރާތްތަކާއި ކައުންސިލާއި ދެމެދު އެއްބަސްވުމެއް އެކުލަވާލައި، އެއްބަސްވުމުގެ މުއްދަތު ކަނޑައަޅާއިރު ޚިދުމަތްދޭ ފަރާތުން މެދުކެނޑުމެއްނެތި ޚިދުމަތް ފޯރުކޮށްދޭ މުއްދަތައް ބަލައި އެއްބަސްވުން އެކުލަވާލުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
||||
|
ތާއީދު ކުރެއްވި: ކައުންސިލަރ، ޙުސައިން ފައިޒުއްރަޙްމާން |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޙުސައިން ޒަރީރު |
|||
|
ވޯޓް ދެއްވި ގޮތް |
||||
|
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 10 ވޯޓް |
ވޯޓުގައި ބައިވެރިވި: 10 ވޯޓް |
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

