އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ލޯކަލް އޮތޯރިޓީ ކުންފުންޏަށް ޑިރެކްޓަރުންނާއި ޗެއަރޕާސަން އަދި ސެކްރެޓަރީ އައްޔަންކުރުމާއި ވަކިކުރުމާއި ގުޅޭ އުޞޫލް ފާސްކުރުން

1 ޑިސެމްބަރ 2021     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2021/134

ބޭއްވުނު ތާރީޚް:01 ޑިސެމްބަރ 2021

ޖަލްސާ: 2021ވަނަ އަހަރުގެ 41 ވަނަ ރަސްމީ ޖަލްސާ(4ވަނަ ކައުންސިލްގެ 27 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

   އައްޑޫސިޓީ ކައުންސިލުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުންޏަށް ޑިރެކްޓަރުންނާއި ޗެއަރޕާސަން އަދި ސެކްރެޓަރީ އައްޔަންކުރުމާއި ވަކިކުރުމާއި ގުޅޭ އުޞޫލް އާއްމު ކޮމިޓީއިން ހުށަހެޅި އިސްލާހުތަކާއި އެއްގޮތަށް ފާސްކުރުމަށް ހުށަހަޅާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް: އާއްމު ކޮމިޓީ   

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، އައްޑޫ ސިޓީ ކައުންސިލުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުންޏަށް ޑިރެކްޓަރުންނާއި ޗެއަރޕާސަން އަދި ސެކްރެޓަރީ އައްޔަންކުރުމާއި ވަކިކުރުމާއި ގުޅޭ އުޞޫލުގެ 4 ވަނަ މާއްދާގެ (ހ) " ލޯކަލް އޮތޯރިޓީ ކުންފުނީގެ ބޯޑް އޮފް ޑިރެކްޓަރސްގެ ތެރޭގައި ހިމެނޭ މެނޭޖިންގ ޑިރެކްޓަރ، ޑިރެކްޓަރ އޮފް އޮޕަރޭޝަންސް އަދި ފައިނޭންޝިއަލް ކޮންޓްރޯލާރގެ މަޤާމަށް މީހުން އައްޔަންކުރާނީ އާއްމުންގެ ތެރެއިން ބޯޑުގައި ހިމެނޭ 03 މެންބަރުންގެ ފެންވަރު ބެލުމަށްފަހު އާންމު ކޮމިޓީއިން ކައުންސިލަށް ހުށަހަޅައި، ފާސްކުރާ ނަންތަކެވެ." މި މާއްދާ އިސްލާހުކޮށް އާއްމު ކޮމިޓީއަށް ނަން ހުށަހެޅުމުގެ ބަދަލުގައި ކައުންސިލަށް ނަންތައް ހުށަހަޅައިގެން ކުރިއަށް ގެންދިޔުމަށް ނިންމުމާއި މި އުސޫލުގެ 4 ވަނަ މާއްދާގެ (ށ) " މި މާއްދާގެ (ހ) ގައި ބަޔާންކުރާ މެންބަރުން ވާންވާނީ މަސައްކަތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ވިޔަފާރިއާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ، އުމުރުން 25 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ." މި މާއްދާގައިވާ " ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު " މި އިބާރާތް " ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު"، މިގޮތަށް އިސްލާހުކޮށް ކުރިއަށް ގެންދިޔުމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު ސަލްމާ

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އާމިނަތު އަދާލާ ރަޝީދު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 03 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ފުރަތަމަ ދައުރު

ނަންބަރ: 426-B (4)/2021/134

ތާރީޚް: 1 ޑިސެމްބަރ 2021