|
މައްސަލަ |
||||
|
ހުށަހެޅުނު މައްސަލަ: 2017 ޑިސެމްބަރު 14 – 17 އަށް ޗައިނާގެ ޝެންޒެންގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ކޯސްޓަލް ރޯވިންގ މުބާރާތުގައި ރޯވިން އެސޯސިއޭޝަނުގެ އެތްލީޓުން ބައިވެރި ކުރުމަށް ކުރަންޖެހޭ ޚަރަދު ކުރުމުގައި މާލީ ދަތިކަން ހުރުމުން އެ ހަރަކާތަށް އެހީތެރިކަން ފޯރުކޮށް ދެއްވުން އެދި އެ އެސޯސިއޭޝަނުން ހުށަހަޅާފައިވާ މައްސަލަ |
||||
|
މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ ފައިޞަލް އިބްރާހީމް |
||||
|
ނިންމުން |
||||
|
މައްސަލަ ނިމުނުގޮތް: މައްސަލާގައި ފާހަގަ ކުރެވިފައިވާ އޭޝިއަން ކޯސްޓަލް ރޯވިންގ މުބާރާތަކީ ދުނިޔޭގެ ފެންވަރުގައި އެތްލީޓުން ބައިވެރިވަ މުބާރާތަކަށް ވެފައި މި މުބާރާތުގައި ރޯވިންގ އެސޯސިއޭޝަން ތަމްސީލު ކުރަމުންދަނީ ހުނަރުވެރި ތަޖްރިބާ ލިބިފައިވާ މޮޅެތި އެތްލީޓުން ކަމުގައިވާތީ، މިއެތްލީޓުން މުބާރާތުގައި ބައިވެރިވެ އައްޑުއަށާއި، ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާތީ އެކަމަށް ހިތްވަރު ދިނުމުގެ ގޮތުން، 2017 ޑިސެމްބަރު 14 އިން 17 އަށް ޗައިނާގެ ޝެންޒެންގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ކޯސްޓަލް ރޯވިންގ މުބާރާތުގައި ރޯވިންގ އެސޯސިއޭޝަނުގެ އެތްލީޓުން ބައިވެރި ވުމަށް ކުރަންޖެހޭ ޚަރަދު ކުރުމުގައި ކައުންސިލުން އެހީތެރިވުމަށް ފެންނަކަމަށާއި، މިގޮތުން ތިރީގައިވާ ނުކުތާތަކުގައިވާ ބަޔާން ކުރެވިފައިވާ ގޮތުގެ މަތިން ކައުންސިލްއިދާރާގެ އާމްދަނީ ބަޖެޓްގައި
އެކުޖުމްލަ: 160000.00ރުފިޔާ (އެއްލައްކަ ފަސްދޮޅަސްހާސްރުފިޔާ) ޚަރަދުކުރުމަށް ފެންނަ ކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ. |
||||
|
ތާއީދު ކުރެއްވި: ކައުންސިލަރ، ޖަމްޝީދާ މުޙައްމަދު |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ފައިޞަލް އިބްރާހީމް |
|||
|
ވޯޓް ދެއްވި ގޮތް |
||||
|
ބައިވެރިވެވަޑައިނުގަންނަވާ:00 |
ނުފެންނަކަމަށް: 01 ވޯޓް. |
ފެންނަކަމަށް: 03 ވޯޓް |
ވޯޓުގައި ބައިވެރިވި: 04 ވޯޓް |
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

