އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ކައުންސިލާއި، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި ދެމެދު ވެވޭ އެއްބަސްވުން ކައުންސިލުން ފާސްކުރުމަށް

1 ޑިސެމްބަރ 2021     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2021/136

ބޭއްވުނު ތާރީޚް:01 ޑިސެމްބަރ 2021

ޖަލްސާ: 2021ވަނަ އަހަރުގެ 41 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 27 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ: 

އައްޑޫސިޓީ ކައުންސިލާއި، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި ދެމެދު ވެވޭ އެއްބަސްވުން ކައުންސިލުން ފާސްކުރުމަށް

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން    

ނިންމުން

މައްސަލަ ނިމުނުގޮތް:

  " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ރިއަލް އެސްޓޭޓް އުސޫލުން ބިންތައް ތަރައްޤީކޮށް ކުރިއަށް ގެންދެވުމަކީ އައްޑޫގެ ތަރައްޤީއަށް މުހިންމު ކަމަކަށްވެފައި މި މަސައްކަތަކީ ކައުންސިލަށް އާ މަސައްކަތަކަށްވުމުން މިކަމުގައި ޓެކްނިކަލް އަދި ކޮންސަލްޓަންސީ އެހީތެރިކަން ކައުންސިލަށް ބޭނުންވާތީ އެޗް.ޑީ.ސީ އާއި އައްޑޫސިޓީ ކައުންސިލާއި ދެމެދު ވެވުނު މަޝްވަރާތަކުގެ އަލީގައި ކައުންސިލާއި އެޗް.ޑީ.ސީ އައި ދެމެދު އެމް.އޯ.ޔޫ އެއް ހެދިގެން ކުރިއަށްދާގޮތަށް ނިންމާފައިވާތީ ހުށަހަޅާފައިވާ އެމް.އޯ.ޔޫގައި ސޮއި ކޮށްގެން ކުރިޔަށް ދިޔުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހީމް ޝިނާޒް  

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޝުޢާއު  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 10 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/136

ތާރީޚް: 1 ޑިސެމްބަރ 2021