އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތައް ރަހުނު ކުރުމާއި ގުޅޭގޮތުން ކައުންސިލުން ގޮތެއް ނިންމުން

1 ޑިސެމްބަރ 2021     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2021/137

ބޭއްވުނު ތާރީޚް:01 ޑިސެމްބަރ 2021

ޖަލްސާ: 2021ވަނަ އަހަރުގެ 41 ވަނަ ރަސްމީ ޖަލްސާ(4ވަނަ ކައުންސިލްގެ 27 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ: 

ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތައް ރަހުނު ކުރުމާއި ގުޅޭގޮތުން ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

  " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، އައްޑޫސިޓީ ކައުންސިލުން އެކިއެކި ބޭނުންތަކަށް ކުއްޔަށް ދީފައިވާ ބިންތަކުގައި އިތުރަށް އިންވެސްޓްކުރުމުގެ ގޮތުން އެބިން މޯގޭޖްކޮށް ވިޔަފާރި ބޭންކްތަކުން ލޯން ނެގުމަށް ބޭނުންވެގެން ބިން ކުއްޔަށް ހިފައިގެން އުޅޭ ފަރާތްތަކުން، އެފަދަ ބިންތައް މޯގޭޖް ކުރުމާއިމެދު ކައުންސިލުގެ އިއުތިރާޒެއް ނެތްކަމާއި އެހެންކަމުން މަސްވެރިކަމާއި ސިނާއީ މަސައްކަތަށް ދޫކޮށްފައިވާ ބިންތައް މޯގޭޖްކުރަން ހުއްދަދިނުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، ޙުސައިން ޒަރީރު  

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އިބްރާހިމް ޝިނާޒް 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 10 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/137

ތާރީޚް: 1 ޑިސެމްބަރ 2021