އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލްގެ ކޮންޓްރެކްޓް އަދި ވޭޖް ކޮންޓްރެކްޓް މަޤާމުތަކަށް ނެގިފައިވާ މުވައްޒަފުންގެ ކޮންޓްރެކްޓްގެ މުއްދަތާއި ގުޅޭގޮތުން ލަފައަކަށް އެދި

15 ޑިސެމްބަރ 2021     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2021/141

ބޭއްވުނު ތާރީޚް:15 ޑިސެމްބަރ 2021

ޖަލްސާ: 2021ވަނަ އަހަރުގެ 43 ވަނަ ރަސްމީ ޖަލްސާ(4ވަނަ ކައުންސިލްގެ 29 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ކައުންސިލްގެ ނިންމުންތަކާއި ގުޅިގެން ކޮންޓްރެކްޓް އަދި ވޭޖް ކޮންޓްރެކްޓް މަޤާމުތަކަށް ނެގިފައިވާ މުވައްޒަފުންގެ ކޮންޓްރެކްޓްގެ މުއްދަތާއި ގުޅޭގޮތުން ލަފައަކަށް އެދި

މައްސަލަ ހުށަހެޅި ފަރާތް: އެޗް އާރް ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

          " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މެދުކެނޑުމެއްނެތި 2 އަހަރު ދުވަހަށްވުރެ އިތުރަށް އެއްބަސްވުން އައުކޮށްގެން ގެންގުޅެފައިވާ މުވައްޒަފުންގެ ތެރެއިން މަޤާމުގެ ޝަރުތު ހަމަވާ އަދި އިދާރީ އޮނިގަނޑުގައި އޮތް މަޤާމުތަކުގައި ހިމެނޭ މުވައްޒަފުން، އެ މަޤާމަށް އައްޔަނުކުރުމަށް ސީ.އެސް ވިއުގަ މެދުވެރިކޮށް ފޮނުވުމަށް، ސިވިލް ސަރވިސް ކޮމިޝަންގެ ނަންބަރު ER/CIR/2021/131-188 ސިޓީއިން އަންގަވާފައިވާތީ، މަޤާމުގެ ޝަރުތު ހަމަވާ މުވައްޒަފުންގެ ތެރެއިން، މުވައްޒަފުންގެ މަސައްކަތު އަޚުލާގާއި މަސައްކަތުގެ ފެންވަރު އަދި ހާޟިރީއަށް ބަލައި މަޤާމަށް އައްޔަނުކުރުމަށް ސުޕަވައިޒަރަށް ފެންނަ މުވައްޒަފުންގެ ކުށުގެ ރެކޯޑް ސާފުކުރުމަށްފަހު، މަޤާމަށް އައްޔަނުކުރުމަށް ސީ.އެސް ވިއުގަ މެދުވެރިކޮށް ފޮނުވުމަށާއި، މިފަރާތްތަކުގެ ވަޒީފާ ހަމަޖެހެންދެން ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރުމަށާ، މެދުކެނޑުމެއްނެތި ދެ އަހަރުދުވަހަށްވުރެ އިތުރަށް އެއްބަސްވުން އައުކޮށްގެން ގެންގުޅެފައިވާ މުވައްޒަފުންގެތެރެއިން އިދާރީ އޮނިގަނޑުގައި މަޤާމު ހިމެނިފައިނުވާ މަޤާމުތަކާއި 31 ޑިސެމްބަރ 2021ގެ ނިޔަލަށް މުއްދަތު ހަމަވާ މަޤާމުތަކަށް ކައުންސިލުން ކުރިން ނިންމާފައިވާ ނިންމުމާއި އެއްގޮތަށް އިޢުލާންކޮށް މީހުން ނެގެންދެން މިހާރުގެ ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރުމަށާއި، ދެ އަހަރުގެ މުއްދަތު ހަމަވެފައިނުވާ މުވައްޒަފުންގެ މަސައްކަތުގެ އަޚްލާޤާއި ފެންވަރު އަދި ހާޒިރީއަށް ބަލައި މަޤާމަށް އައްޔަނުކުރުމަށް ސުޕަވައިޒަރުންނަށް ފެންނަ ފަރާތްތަކުގެ ކޮންޓްރެކްޓް 31 ޑިސެމްބަރ 2022ގެ ނިޔަލަށް އާކުރުމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. 

 ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހީމް ޝިނާޒް

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޙުސެއިން ފައިޒުއްރަޙްމާން   

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 11 ވޯޓް

ވޯޓުގައި ބައިވެރިވި: 11 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/141

ތާރީޚް: 15 ޑިސެމްބަރ 2021