އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަދަން ރީޖަނަލް ހެޑް ކުއަރޓަރޒް އެޅުމަށް ފޭދޫއަވަށުން 35,000 އަކަފޫޓުގެ ބިން ހަމަޖެއްސުމަށް ހުށަހަޅާ މައްސަލަ

23 ޑިސެމްބަރ 2021     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2021/143

ބޭއްވުނު ތާރީޚް:23 ޑިސެމްބަރ 2021

ޖަލްސާ: 2021ވަނަ އަހަރުގެ 44 ވަނަ ރަސްމީ ޖަލްސާ(4ވަނަ ކައުންސިލްގެ 30 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަދަން ރީޖަނަލް ހެޑް ކުއަރޓަރޒް އަޅަން ފޭދޫ ލިންކް ރޯޑްކައިރިން ބިން ކަނޑައެޅުމަށް ކައުންސިލުން މިހާތަނަށް ނިންމާފައިވާ ނިންމުންތައް ބާޠިލުކޮށް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަދަން ރީޖަނަލް ހެޑް ކުއަރޓަރޒް އެޅުމަށް ފޭދޫއަވަށުން 35,000 އަކަފޫޓުގެ ބިން ހަމަޖެއްސުމަށް ހުށަހަޅާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ މުޙައްމަދު ފައިސަލް

ނިންމުން

މައްސަލަ ނިމުނުގޮތް:

           " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަދަން ރީޖަނަލް ހެޑް ކުއަރޓަރޒް އަޅަން ފޭދޫ ލިންކް ރޯޑްކައިރިން (އެމް.ޓީ.ސީ.ސީ ކައިރިން) 35,000 އަކަފޫޓުގެ ބިން ހަމަޖެއްސުމަށާއި، މިބިން ދޫކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ލަސްވެގެން 10 ދުވަހުގެ ތެރޭގައި ޤަވާޢިދާއި އެއްގޮތަށް ހިންގުމަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަދަން ރީޖަނަލް ހެޑް ކުއަރޓަރޒް އަށް ބިން ދޫކުރުމަށް މިހާތަނަށް ކައުންސިލުން ނިންމާފައި ހުރި ކައުންސިލްގެ 426-B (3)/2020/37 ނަމްބަރު ނިންމުމާއި، 426-BR(3)/2019/219 ނަމްބަރު ނިންމުމާއި، 426-BR(3)/2019/262 އަދި 426-B(4)/2021/050 ނަމްބަރު ނިންމުން ބާތިލުކުރުމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. 

 ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހީމް ޝިނާޒް

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، މުޙައްމަދު ފައިސަލް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 10 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/143

ތާރީޚް: 23 ޑިސެމްބަރ 2021