އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގެ ސެންޓްރަލް ޕަވަރ ސްޓޭޝަން ހަދަން ހިތަދޫ އިން ފެނަކައަށް ބިން ހަމަޖެއްސުމަށް ހުށަހަޅާ މައްސަލަ

23 ޑިސެމްބަރ 2021     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2021/146

ބޭއްވުނު ތާރީޚް:23 ޑިސެމްބަރ 2021

ޖަލްސާ: 2021ވަނަ އަހަރުގެ 44 ވަނަ ރަސްމީ ޖަލްސާ(4ވަނަ ކައުންސިލްގެ 30 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

   އައްޑޫސިޓީގެ ސެންޓްރަލް ޕަވަރ ސްޓޭޝަން ހަދަން ހިތަދޫ އިން ފެނަކައަށް ބިން ހަމަޖެއްސުމަށް ހުށަހަޅާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ނަމްބަރ FNK/426/2021/38 ސިޓީއިން ހިތަދޫގެ އައު އިންޖީނުގެ އިމާރާތްކުރުމަށް މިހާރުހުރި އިންޖީނުގެއާއި އިންވާގޮތަށް ބިން ހަމަޖައްސަވައިދެއްވުމަށް އެދިފައިވާތީ، ބިން ހަމަޖެއްސުމުގައި ފެނަކައިގެ މިހާރުގެ ހުށަހެޅުއްވުމާއި އެއްގޮތަށް އެ ސަރަހައްދުގައި ހުރި އެމް.ޕީ.އެލް އިމާރާތް ނުހިމެނޭގޮތަށް އެ އިމާރާތުގެ ގޯތީގެ އުތުރުން 50 ފޫޓު ފުޅާމަގެއް ދޫކޮށް އިންޖީނުގެއާއި ދެމެދުން އޮތްބައި ފެނަކައަށް ހަމަޖެއްސުމަށާއި މި މައްސަލައިގައި ކުރިން ކައުންސިލުން ނިންމާފައިވާ ނިންމުން އަދި ފެނަކައާއި އެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް އާ އެއްބަސްވުމެއް އެކުލަވާލާއިރު ފެނަކަ ސީ.އެސް.އާރ ގެ ދަށުން ހިތަދޫ އަވަށު އޮފީސް އެކްސްޓެންޝަން ޕްރޮޖެކްޓް ހިމަނައިގެން އެއްބަސްވުން އެކުލަވާލުމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޝުޢާޢު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޙުސެއިން ޙުސެއިން ޒަރީރު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 10 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/146

ތާރީޚް: 23 ޑިސެމްބަރ 2021