އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫ މާފިށި ކިޅި ސަރަހައްދު ގިރަމުންދާތީ އެކަން ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސް އަވަސް ޙައްލެއް ހޯދުމަށް ހުށަހަޅާ މައްސަލަ

30 ޑިސެމްބަރ 2021     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2021/155

ބޭއްވުނު ތާރީޚް: 30 ޑިސެމްބަރ 2021

ޖަލްސާ: 2021ވަނަ އަހަރުގެ 45 ވަނަ ރަސްމީ ޖަލްސާ(4ވަނަ ކައުންސިލްގެ 31 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ ޔުނެސްކޯ ބަޔޮސްފިއަރ ރިޒަރވްގެ ކޯ އޭރިއާއެއް ކަމުގައިވާ ހުޅުދޫ މާފިށި ކިޅި ސަރަހައްދު ވަރަށް ބޮޑަށް ގިރަމުންދާތީ އެކަން ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކަށް ހުށަހަޅައި ސަމާލުކަމަށް ގެނެސް އަވަސް ޙައްލެއް ހޯދުމަށް މަސައްކަތްކުރުމަށް ހުށަހަޅާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ ޙުސެއިން ފައިޒުއްރަޙްމާން

ނިންމުން

މައްސަލަ ނިމުނުގޮތް:

           " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި އައްޑޫ ޔުނެސްކޯ ބަޔޮސްފިއަރ ރިޒަރވްގެ ކޯ އޭރިއާއެއް ކަމުގައިވާ ހުޅުދޫ މާފިށި ކިޅި ސަރަހައްދު ވަރަށް ބޮޑަށް ގިރަމުންދާތީ އެކަން ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކަށް ހުށަހަޅައި ސަމާލުކަމަށް ގެނެސް އަވަސް ޙައްލެއް ހޯދުމަށް މަސައްކަތް ކުރުމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. 

 ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު ޞާލިޙާ

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޙުސެއިން ފައިޒުއްރަޙްމާން

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 09 ވޯޓް

ވޯޓުގައި ބައިވެރިވި: 09 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/155

ތާރީޚް: 30 ޑިސެމްބަރ 2021